Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކުކުރުމުގެ މައްސަލަ

ޕާކުކުރާކަށް ވަކިތަނެއް ނެތް، އެކަމަކު ހުރިހާ ފާޑުކިޔުމެއް ސްޓިކާ ޖަހާ ފުލުހުންނަށް!

16 ފެބުރުއަރީ 2023 | ބުރާސްފަތި 04:01

ޕާކިންގެ މައްސަލައަކީ މާލޭގައި ބޮޑުވެފައިވާ ޒަމާންވީ މައްސަލައެއް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 16 ފެބުރުއަރީ 2023 | ބުރާސްފަތި 04:01
މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް --

މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް --

މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ ވާހަކައަކީ މިހާރު ދައްކާދައްކާ ބައުވެފައިވާ ވާހަކައެކެެވެ. އެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް މި ތަނަކީ ތޮއްނުޖެހެ ތަނެއް ކަމަކަށް ނުވާނެއެވެ. ދެން ދައްކަނީ މާލޭ ސަރަހައްދުގައި ވެހިކަލް ގިނަވާނެއެވެ. އެއީ ވެސް ތެދު ވާހަކައެކެވެ. އެތެރެ ކުރާ ވަރަކަށް އެެތެރެ ކުރެވޭނަމަ މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ފަސް ސައިކަލުގެ ރޭޓުން ވެސް އަދި ވެހިކަލް އިތުރުވާނެއެވެ. އެކަމަކު މިއަދުގެ ސުރުހީއަކީ މާލެ ތޮއްޖެހުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އާންމުންގެ ލޭ ކެކޭ ސީރިއަސް މައްސަލައެކެވެ.

މާލޭގެ މަގުތަކުގައި ޕާކުކުރުމުގައި ގަވާއިދުތަކަކާއި އުސޫލުތަކެއް ކަނޑައަޅައިފައިވެއެވެ. ގިނަ ރަށްރަށުގައި ޕާކުކުރާހެން ބޭނުންތާކު މާލެއަކު ޕާކެއް ނުކުރެވޭނެއެވެ. މި ވެސް އެންމެނަށް އެނގޭ ވާހަކައެކެވެ. މަގުތަކުގައި ރީނދޫކުލައިގެ ދެ ރޮނދު ދަމައިފައި ހުންނަނީ ޕާކުކުރުން މަނާކަން އަންގައިދޭށެވެ. ލައިސެންސް ނަގާއިރު ގައިމު ވެސް އެއީ ކިޔައިދޭ ކަންކަމެވެ. އެކަމަކު، އެއް ރޮނގު ދަމައިފައި ހުންނަ ޕާކުކުރުުން ހުއްދަ ތަންތަނަށްވުރެ ދެ ރޮނގާއެކު ޕާކުކުރުން މަނާ ތަންތަނުގައި ޕާކުކުރާވަރު އިތުރުހެން ވެސް ހީވެއެވެ. އެއީ ނޭނގިގެން މީހުން ކުރާ ކަންކަމެއް ނޫނެވެ. އޮޅިގެންނެއް ވެސް ކުރާ ކަންކަމެއް ނޫނެވެ. ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ މާ މުހިންމުކަމަކަށް ނުވަނީއެވެ.

މަގުތަކުގެ ކަންމައްޗަށް ވާގޮތަށް އެހެން ވެހިކަލްތަކަށް އުނދަގޫވާ ގޮތަށް ވެސް ސައިކަލުތައް ޕާކުކޮށްފައި ހުރެއެވެ. ބައެއް ގޯޅިތަކުގައި ސައިކަލުތައް އުކައިލައިފައި ހުންނައިރު، އެއްވެސް ހަމައެއް ލަމައެއް ހަަމަނޯވެއެވެ. މާލޭގެ ބައެއް ގޯޅިތަކަކީ ވަރަށް ހަނި ގޯޅިތަކެކެެވެ. ކިރިޔާ ސައިކަލެއް ވަދެފައި މީހަކަށް ހިނގައިލެވޭ ވަރުގެ ގޯޅިތަކެކެވެ. އެކަމަކު، އެ ގޯޅިތަކުގައި ވެސް ޕާކުނުކޮށް ފަރުޖައްސާލެވޭކަށް ނެތެވެ. ގެއަށް ވަންނަން ބޭނުންވުމުން ޕާކުކުރަން ޖެހެނީ ސީދާ ގޭ ދޮރުމަތީގައެވެ. ފިހާރައަކަށް ވަންނަން ވެއްޖެނަމަ ފިހާރަ ކުރިމަތީގައެވެ. ތަންކޮޅަކަށް ވެސް ހިނގާލުން ގިނަ ދިވެހީންނަށް ވަނީ ބޮޑު ކަމަކަށެވެ.

މިނީބަހުގެ ހިދުމަތާއެކު މަޖީދީ މަގާއި އަމީނީ މަގުގައި ވެސް ޕާކުކުރުން މަނާވިއެވެ. އެ ހިސާބުން އެކަން ވެސް ވީ ބޮޑު ކަމަކަށެވެ. އޭރު މަޖީދީ މަގުގައި ޕާކުކޮށްފައި އެ އޮންނަހާ ސައިކަލުތައް ލާނީ ކޮންތަނަކަށް ތޯ ސުވާލުކޮށް ހެދިއެވެ. ގައިމުވެސް އެ ސައިކަލުތައް މިހާރު ވެސް ގެންގޮސް އުކާލީ މޫދަކަށް ނޫނެވެ. މިހާރު ވެސް މި މާލޭގެ ކޮންމެވެސް ތަނެއްގައި ޕާކުކޮށްފައި ވާނެއެވެ. މަޖީދީ މަގާއި އަމީނީ މަގުގައި ޕާކުނުކޮށް ވެސް ދިވެހީން މިހާރު ހޭނެން ފަށައިފިއެވެ.

ނޫނެކެވެ. އެއީ ވެސް މުޅިއަކުން ތެދެއް ނޫނެވެ. މިހާރު ވެސް މަޖީދީ މަަގުގައި ހުންނަ ފިހާރައަކަށް ނުވަތަ އަމީނީ މަގުގައި ހުންނަ ފިހާރަައަކަށް ދިޔަޔަސް ސައިކަލު ޕާކުކޮށްލާނީ އެ ތަނެއްގެ ކުރިމަތީގައެވެ. އެއިން މަގެއްގައި ހުންނަ ސައި ހޮޓަލަކަށް ސައިބޯން ވަނަސް، ސައިބޮއެ ނިމިގެން އަންނަންދެން ސައިކަލު އިންނާނީ އެ ތަނުގައެވެ. ދެން މި ވަރުން ވެސް ގޯސް ކުރާނީ މާލޭގައި ޕާކިން ޒޯނު ނެތުމެވެ. ޕާކުކުރާނެ ޖާގަ ނެތުމެވެ. އެކަމަކު، ހަގީގަތުގައި މި މައްސަލައިގައި ޖަހާނެ މައްޗަކަށް އެ މަތި މިހާރު ހެޔޮވަރެއް ނޫނެވެ.

މާލޭގެ އެކި ހިސާބުތަކުގައި ޕާކިންޒޯނުތައް މިހާރު މަދެއް ނޫނެވެ. ހުސް ބިމެއްގައި ނަމަ މިހާރު ވެސް ހަދަމުން އެ ދަނީ ޕާކިން ޒޯނުތަކޭ ބުނެވިދާނެއެވެ. އެއީ މާލޭގެ ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތެވެ. އެންމެ ފުރިހަމަ ހައްލެއް އެ ކަމަށް ނުލިބުނަސް، މިހާރު މާލޭގެ ކޮންމެ ހިސާބަކުން ވެސް ގަވާއިދުން ޕާކުކޮށްލާނޭ ތަންކޮޅެއް ލިބޭނެއެވެ. ނުގަވާއިދުން ދެ ރޮނގު މަތީގައި ޕާކުކުރާކަށް ނުޖެހޭނެއެވެ.

ދުވަސްތަކަކަށްފަހު ފުލުހުން ނުކުމެ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުން މުޅި ސޯޝަލްމީޑިއާގައި އެވެރިން ކައިލައިފިއެވެ. ފުލުހުންނާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތެވެ. އެކަމަކު، ފުލުހުންނާ ދިމާލަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ޒިންމާދާރު ބަޔަކަށް ވާން ދަސްކުރަންވީ ރައްޔިތުންނެވެ. ރަނގަޅަށް ޕާކުކުރެވެ ތަންތަނުގައި ޕާކުކުރުމުން ފުލުހުން ވެސް ދެން ޖަހާނެ ސްޓިކާއެއް ނޯންނާނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް