Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިއުކޭޝަން

ޖޫނިއާ ކޮލެޖުތަކާއި ޓިވެޓް ސެންޓަރުތަކާއެކު ދަނާލު އަޅާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

16 ފެބުރުއަރީ 2023 | ބުރާސްފަތި 02:08

އަތޮޅުތެރޭގެ އެކި ކަންކޮޅުތަކަށް ޓިވެޓް ތައުލީމް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އެއް ސިޔާސަތު ކަމަށް ވިދާޅުވި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 16 ފެބުރުއަރީ 2023 | ބުރާސްފަތި 02:08
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ރަށްރަށުގައި ތަރައްގީކުރާ ޖޫނިއާ ކޮލެޖުތަކާއި ޓިވެޓް ސެންޓަރުތަކާއެކު ކޮންމެ ރަށެއްގައި ވެސް ދަނާލެއް އަޅަން ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އާދަޔާހިލާފު ކާމިޔާބީތަކެއް ހަޔަރ އެޑިއުކޭޝަން ސެކްޓާއިން ހާސިލުކޮށްފައިވާ ކަމަށެވެ. އަދި މި ދާއިރާއިން އަންނަން އޮތް ޖީލުތަކަށް ފަހުރުވެރިވާފަދަ މަސައްކަތްތަކެއް ސަރުކާރުން ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި ތާރީހީ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ހެދޭ ޖޫނިއާ ކޮލެޖުތައް ހިންގާނީ ކޮންމެ ތަނެއް ވަކި ކަމަކަށް ހާއްސަކޮށްގެން ކަމަށެވެ. އެގޮތުން ހއ. ދިއްދޫގައި އެޅޭ ޖޫނިއާ ކޮލެޖު ސްޕެޝަލައިޒް ވާނީ ފުޑް ޓެކްނޮލޮޖީގެ ދާއިރާއިން ކަމަށާއި އަލިފުށީގައި އަޅާ ސްޓޭޓް އޮފް ދި އާޓްސް ސެންޓަރަކީ ބޯޓް ބިލްޑިން ދާއިރާއަށް ސްޕެޝަލައިޒް ވާނެ ތަނެއް ކަމަށް ވިދާޅުވިއެވެ. އަދި ތުލުސްދޫގައި އަޅާ ޕޮލިޓެކްނިކް ސްޕެޝަލައިޒް ވާނީ ވޯޓާ ސްޕޯޓްސް އާއި ފުޑް ޓެކްނޮލޮޖީގެ ދާއިރާއިންކަމަށާއި ނ. ކެނދިކުޅުދޫގެ ޖޫނިއާ ކޮލެޖު ހާއްސަވާނީ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީއަށް ކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ އެކި ކަންކޮޅުތަކަށް ޓިވެޓް ތައުލީމް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އެއް ސިޔާސަތު ކަމަށާއި އޭގެ ބޭނުމަކީ މާލެއަށް ދަރިވަރުން އައިސް މާލޭން ތައުލީމު ހާސިލުކުރުމަކީ ފީސިބަލް ކަމެއް ނޫންކަން ގަބޫލުކޮށް އެ ފުުރުސަތު އަތޮޅުތެރޭގައި ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރައިވެޓް ސެކްޓާގެ ފަރާތްތަކަށް ވެސް ސަރުކާރާ ޕާޓްނަރ ވެގެން މިކަން ކުރެވޭނެ ގޮތް މަގުފަހިކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާރު ވަނީ ޕަބްލިކް، ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން އަތޮޅުތެރޭގައި ޓިވެޓް ސެންޓަރުތައް އެޅުމުގެ ފުުރުސަތު ހުޅުވައިލައިފައި ކަމަށެވެ. އަދި ހަތަރު ރަށެއްގައި އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއީ މަސައްކަތުގެ ހުނަރާއި ތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދިޔަ އާދަޔާހިލާފު ފުރުސަތެއް ކަމަށެވެ. އަދި ރަށުގައި އާއިލާ އާއެކު ތިބެގެން މަސައްކަތެއް ދަސްކޮށް ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖޫން 2022

އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފި

30 ޖޫން 2022
އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފި
11 މެއި 2022

އަލިފުށީގައި އަޅާ ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

11 މެއި 2022
އަލިފުށީގައި އަޅާ ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
07 މާރިޗު 2022

ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާއެކު ކުނީގެ މައްސަލަ ހައުލުވެގެންދާނެ - ޝައުނާ

07 މާރިޗު 2022
ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާއެކު ކުނީގެ މައްސަލަ ހައުލުވެގެންދާނެ - ޝައުނާ
08 ސެޕްޓެމްބަރު 2021

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމުުކުރެވިގެންދާނެ: ރައީސް ޞާލިޙު

08 ސެޕްޓެމްބަރު 2021
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމުުކުރެވިގެންދާނެ: ރައީސް ޞާލިޙު
18 ފެބުރުއަރީ 2021

ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން މަތީތައުލީމާއި، ޓިވެޓް ޓްރެއިނިންތަކަށް އިސްކަންދޭނެ: މިނިސްޓަރ

18 ފެބުރުއަރީ 2021
ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން މަތީތައުލީމާއި، ޓިވެޓް ޓްރެއިނިންތަކަށް އިސްކަންދޭނެ: މިނިސްޓަރ
03 ޑިސެމްބަރު 2020

ދަނާލު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

03 ޑިސެމްބަރު 2020
ދަނާލު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
14 މާރިޗު 2020

ކޮވިޑް-19: 2 ހަފުތާއަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އަންގައިފި!

14 މާރިޗު 2020
ކޮވިޑް-19: 2 ހަފުތާއަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އަންގައިފި!
16 އެޕްރީލު 2019

އެމްޕީއެލްއަށް މުއައްޒަފުން ތަމްރީން ކުރުމަށް ޓިވެޓްއާ ގުޅިގެން ޕްރޮގްރާމެއް ފަށައިފި

16 އެޕްރީލު 2019
އެމްޕީއެލްއަށް މުއައްޒަފުން ތަމްރީން ކުރުމަށް ޓިވެޓްއާ ގުޅިގެން ޕްރޮގްރާމެއް ފަށައިފި
09 އޯގަސްޓު 2018

ކޯސްޓްލައިން ފައުންޑޭޝަނުން ތަރައްގީ ކުރި ރާއްޖޭގެ އެންމެ ބޮޑު ޓިވެޓް ސެންޓަރ ކިހާދޫގައި ހުޅުވައިފި

09 އޯގަސްޓު 2018
ކޯސްޓްލައިން ފައުންޑޭޝަނުން ތަރައްގީ ކުރި ރާއްޖޭގެ އެންމެ ބޮޑު ޓިވެޓް ސެންޓަރ ކިހާދޫގައި ހުޅުވައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް