Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލަ: ސިޔާސީ ކުރަންވީ ކަމެއް ނޫން!

16 ފެބުރުއަރީ 2023 | ބުރާސްފަތި 05:35

މިއީ އިއްޔެ ނުވަތަ މިއަދު ރާއްޖޭގައި ފަށާފައިވާ ކަމެއް ނޫން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ފެބުރުއަރީ 2023 | ބުރާސްފަތި 05:35
މަސްތުވާތަކެތި އިންޖެކްޓް ކުރަނީ

މަސްތުވާތަކެތި އިންޖެކްޓް ކުރަނީ

ފާއިތުވި ދެ ހަފުތާގައި ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯތަކެއްގައި ފެންނަނީ ޤައުމުގެ ބައެއް ޒުވާނުންގެ ހާލަތެވެ. އެއް ވީޑިއޯގައި ރޯމާ ދުވާލު މަގުމަތީގައި މީހަކު ޑްރަގް ނަގާ މަންޒަރު ފެންނައިރު އަނެއް ވީޑިއޯގައި ފެންނަނީ ޑްރަގްގެ ވިޔަފާރި ކުރާ މަންޒަރެވެ. މި ވީޑިއޯތަކާއެކު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ކުރާ ކަންތައްތަކާ މެދު ސުވާލު އުފައްދައިފައެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޑްރަގްގެ ތެރެއަށް ޒުވާނުން ވަންނަން ފެށީ ސަރުކާރުން އެކަންތައްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީއެވެ. އަދި އެކަން ހުއްޓުވުމަށް ކަނޑައަޅާފައިވާ އިދާރާތަކަށް އެ އިދާރާތަކުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވޭތީ ކަމަށެވެ. ހުރިހާ ކަމެއް ސިޔާސީ ކުރާ ގޮތަށް މަސްތުވާތަކެތީގެ މައްސަލައިގައި ވެސް ސިޔާސީ ކުލަ ޖައްސާލަނީއެވެ. ޑްރަގްގެ މައްސަލަ ހައްލު ނުވަނީ ސަރުކާރުގައި ވަކި ބަޔަކު ތިބުމުންކަން އަމިއްލައަށް ނިންމާލަނީއެވެ.

ނަމަވެސް މިއީ ސިޔާސީ ކުރުމަށްވުރެ މާބޮޑު މައްސަލައެކެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަން ކުރަނީ ވަކި ބަޔަކު ވެރިކަމުގައި ތިބެގެނެއް ނޫނެވެ. މިއީ މިއަދު ނުވަތަ އިއްޔެ ފެތުރެމުން އައި މައްސަލައެއް ވެސް ނޫނެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވަބައިގައި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ މުޖުތަމައަށް ވެސް ޒިންމާ އަދާ ނުކުރެވޭތީކަން ގަބޫލުކުރަން އެބަޖެހެއެވެ.

ރާއްޖޭގައި އެންމެ އަށް އަހަރުގެ އުމުރުން ފެށިގެން ވެސް މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިތިބި ކުދިން އެބަތިއްބެވެ. މި ކުދިން ބޮޑެތިވެގެން މަސްތުވާތަކެއްޗަށް ދެވިހިފައި އެއާ ދުރަށް ނުދެވިގެން އުޅެން ޖެހެއެވެ. އެހާ ލަ އުމުރުގައި ކުއްޖާ މަސްތުވާތަކެއްޗާ ހިސާބަށް ދިއުމުގައި ބައިވަރު ސަބަބުތައް ހުންނާނެއެވެ. މީގެ ތެރޭގައި ގޭތެރޭގެ މާހައުލު ރަނގަޅު ނުވުމާއި މައިންބަފައިންނަށް ކުއްޖާއަށް އަޅާލަން ޖެހޭ މިންވަރަށް އަޅާ ނުލެވުމާއި ސްކޫލް ދައުރުގައި މަސްތުވާތަކެއްޗާ ގުޅޭގޮތުން ހޭލުންތެރިނުކުރެވުން ފަދަ ކަންކަން ހިމެނެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވިގޮތުގައި އަދިވެސް ރާއްޖޭގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން މަސްތުވާތަކެއްޗަށް ހޭލުންތެރި ކުރުވުން އެއީ އެ ކުދިން އެ ކަމަށް ޝައުގުވެރިވާނެ ކަމެއް ކަމުގައި ދެކޭ ފަރާތްތައް ގިނަ ކަމަށެވެ. މީގެ ސަބަބުން ސްކޫލްތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ދަތިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުޑައިރު ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ޒުވާން އުމުރުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ބައެއް މީހުން އެ ވަބާއިން ސަލާމަތް ވާން ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް މުޖުމަތައުން އެ މީހުންނަށް އެ ދޭންވާ އެއްބާރުލުން ދިނުމުގައި އޮންނަނީ ނުކުޅެދިފައެވެ. އެއްފަހަރު ނަމަވެސް މަސްތުވާތަކެތި ބޭނުންކޮށްފިނަމަ އެ މީހަކު މުޅި އުމުރަށް މުޖުތަމައުން ބޭރުކޮށްލެވެނީއެވެ. މީގެ ސަބަބުން ރަނގަޅުވާން ބޭނުންވެފައި ހުންނަ މީހާއަށް ވެސް އެކަން އޮންނަނީ ނުކުރެވިފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގައި މިހާރު ވެސް ޑްރަގް ބޭނުން ކުރާ ފަރާތްތައް އެކަމުން ދުރުހެލި ކުރުވައި މުޖުތަމައަށް ނެރުމަށް ޕްރޮގްރާމްތައް ހިންގައެވެ. ނަމަވެސް ބައެއްފަހަރު އެ ފަރާތްތައް އަނބުރާ މުޖުތަމައަށް ނުކުތުމުން ދިމާވާ ކަންކަމުގެ ސަބަބުން އަނެއްކާވެސް މަސްތުވާތަކެތީގެ ތެރެއަށް ވަންނަނީއެވެ. އެގޮތުން، އެ މީހަކީ ކުރިން މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި މީހަކަށްވުމުން އޭނާއަށް ވަޒީފާ ދޭން ބޭނުން ނުވުމާއި އާއިލާ އާއި ރަހުމަތްތެރިން އޭނާ ދުރުކޮށްލުން ފަދަކަންކަން މީގެ ތެރޭގައި ހިމެނެއެވެ.

ކޮންމެ ކަމެއް ވެސް ސަރުކާރަށް ހަވާލު ކުރުމަށްފަހު އަމިއްލަ ޒިންމާއެއް ރެކުމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިފަދަ ކަންކަމަކީ ސަރުކާރުން ކުރާ މަސައްކަތާ އެއްވަރަށް މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދޭން ޖެހޭ ފަދަ ކަންކަމެވެ. މި ނުރައްކާތެރި ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މުޖުތަމައުގެ ތެރެއިން ދީ، މަސްތުވާތަކެއްޗާ ހަމައަށް ކުޑަކުދިންނާއި ޒުވާނުން ދިއުމަށް ހުރި ސޮރުތައް މުޖުތަމައުގެ ތެރެއިން ބަންދު ކުރުން ވެސް މުހިންމެވެ،

އެހެންކަމުން މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރަކުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެންމެން އެއްބާރުލުން ދީގެން، ގުޅިގެން މަސައްކަތް ނުކުރާނަމަ އެކަން ކާމިޔާބެއް ނުވާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
12 ޖެނުއަރީ 2017

އިންތިޚާބުގައި ވާދަކުރަންވީތަ؟ ނުކުރަންވީތަ؟

12 ޖެނުއަރީ 2017
އިންތިޚާބުގައި ވާދަކުރަންވީތަ؟ ނުކުރަންވީތަ؟
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް