Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނީ މަގު ތަރައްގީ ކުރުން

އެންމެ ރެއަކުން ތިން ސެގްމަންޓުގެ ތާރު އަޅައި ނިންމާލައިފި

ތާރު އެޅުމުގެ މަސައްކަތް ފެށީ އަންގާރަ ދުވަހުގެ ރޭ 8:00 ޖެހިއިރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 10:38
އަމީނީ މަގު

އަމީނީ މަގު

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅައި ނިންމާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ތާރު އެޅުމުގެ މަސައްކަތް ފެށީ އަންގާރަ ދުވަހުގެ ރޭ 8:00 ޖެހިއިރުއެވެ. އަދި މުޅި ރޭ އެއްކޮށް މަސައްކަތްކޮށް މިހާތަނަށް ނިންމާފައިވާ ތިން ސެގްމަންޓުގައި ވެސް ތާރު ވަނީ އަޅައި ނިންމައިފައެވެ.

Advertisement - newsAdvertisement

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން 2،511 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތާއި އޭބީސީ އަދި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލު ކުރީ އާރުޑީސީއާއެވެ. އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް މަޝްރޫއުގެ މަސައްކަތް ކުރިއަށްދިޔައިރު ދިމާވި ބައެއް ދަތިތަކާއެކު މަސައްކަތް ލަސްވިއެވެ.

އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުގައި އަމީނީ މަގުގައި ތާރު އެޅުމުގެ ގޮތުން އެ ކުންފުންޏާ މިހާތަނަށް ހަވާލު ކުރީ ތިން ސެގްމަންޓުގެ މަސައްކަތެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ތިން ސެގްމަންޓުގެ މަސައްކަތް އެމްޓީސީސީއަށް ސަބްކޮންޓްރެކްޓް ކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް ކަނޑައެޅިފައިނުވާތީއެވެ. އަދި ބިން ހަމަޖެހުމުން އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް ބުނެފައި ވެއެވެ.

އަމީނީ މަގަކީ ކާރުބާރު ބޮޑު މަގަކަށްވުމާ ގުޅިގެން އާރުޑީސީން އެ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ސެގްމަންޓުތަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ ހަތަރު ވަނަ ސެގްމަންޓުގެ މަސައްކަތެވެ.

ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އަމީނީމަގު ހަދަން އިނީޝިއަލީ ކޮންޓްރެކްޓުގައި ސޮއިކުރީ މި ހިނގާ ފެބްރުއަރީ މަސް ނިމެންވާއިރަށް މަސައްކަތް ނިންމަން ކަމަށް ވީނަމަވެސް މިހާރު ލަފާ ކުރެވޭނީ ސެޕްޓެމްބަރުގައި ނިމޭނެ ކަށެވެ. އެގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރުގައި ސޮއިކުރުމަށްފަހުގައި އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ޕްރޮވިޝަންލުމަށްޓަކައި އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ސަޕްލައި ޗެއިންގައި ހުރި ދަތިތާއެކު ލިބުމުގައި ހުރިދަތިތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ރިއާޔަތްކޮށްފައި ރިވައިސްޑް ކޮމްޕްލީޝަން ތާރީހެއް ކަނޑައަޅާފައި ވާނެ ކަމަށައި، އެއީ 27 ސެޕްޓެމްބަރު 2023 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ 12 ސެޕްޓެމްބަރު 2022ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު އަމީނީ މަގަކީ ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން، އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރްޑީސީން ފާހަގަކުރިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގެ ފެން ހިންދާ ނިޒާމު ޑިޒައިންކޮށްފައިވަނީ އަމީނީމަގުގެ ދެފަރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައްވެސް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރުމަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް، ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަރާތުގައި އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގުޝަންތަކެއްވެސް ބަހައްޓާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު