Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޭޝިއަރެއް ނުހުންނަ ފިހާރަ

އެސްޓީއޯއިން ހަދާ ކޭޝިއަރެއް ނުހުންނަ ފިހާރަ ހުޅުވާނީ މަރޗް މަހު

15 ފެބުރުއަރީ 2023 | ބުދަ 02:03

އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2023 | ބުދަ 02:03
އެސްޓީއޯއިން ހަދަމުން އަންނަ ކޭޝިއަރު ނުހުންނަ ފިހާރަ

އެސްޓީއޯއިން ހަދަމުން އަންނަ ކޭޝިއަރު ނުހުންނަ ފިހާރަ

ކޭޝިއަރެއް ނުހުންނަ ފިހާރައިގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އަންނަ މާރޗް މަހު ހުޅުވޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު މިއީ ސޭލްސްމަނެއް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހުޅުމާލޭގައި ހަދަމުން އަންނަ ފިހާރައެކެވެ. އެސްޓީއޯ އިން ބުނީ އެ ފިހާރައިގައި އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކުރާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަރ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ ކަމަށާއި ދެން ބޭނުންވާ އެއްޗެއްހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުން ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ދެވޭނެ ކަމަށާއި، ޗެކްއައުޓު ޕުރޮސެސް އެއް ނޯންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް ވެސް އެއްކޮށް ނެތިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެ ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާ އެކެވެ. ރާއްޖޭގައި އެ ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުންނެވެ.

އެސްޓީއޯގެ އެ ފިހާރައިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެތަނުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ވެސް ލިބިފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް