Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބް ވޯލްޑް ކަޕް

ފީފާ ކުލަބް ވޯލްޑް ކަޕް ސައުދީގައި ބާއްވަން ނިންމައިފި

15 ފެބުރުއަރީ 2023 | ބުދަ 02:20

މިއަހަރުގެ މުބާރާތް ބޭއްވުމަށް ފީފާ އިން ތާވަލްކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 12 އިން 22 އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2023 | ބުދަ 02:20
ފީފާ ކުލަބް ވޯލްޑް ކަޕްގެ ތަށި

ފީފާ ކުލަބް ވޯލްޑް ކަޕްގެ ތަށި

މިއަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕް މުބާރާތް ސައުދީ އަރަބިއްޔާގައި ބާއްވަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ފީފާ އިން ތާވަލްކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 12 އިން 22 އަށެވެ. ސައުދީން ދެކޭ ގޮތުގައި ފީފާގެ މިފަދަ ބޮޑު މުބާރާތެއް އެ ޤައުމުގައި ބޭއްވިގެން ދިޔުމަކީ ކުރިއަށް އޮތް ތަނުގައި އެކަމުގެ ފައިދާ އެ ޤައުމުގެ ފިރިހެން އަދި އަންހެން ފުޓުބޯޅަ ޓީމުތަކަށް ކުރާނެ ކަމެކެވެ. ސައުދީގައި މުބާރާތް ބާއްވަން ފީފާގެ ކައުންސިލުން ނިންމާފައިވަނީ އަންގާރަ ދުވަހު އެވެ.

މިކަމާ ގުޅިގެން ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވީ، ސައުދީގައި މުބާރާތް ބޭއްވުމުގެ ޝަރަފު ލިބުނީތީ އެ ޤައުމުން ވަރަށް އުފާވާ ކަމަށާއި، އެކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި މަޝްހޫރު ކުލަބުތަކާއި އެ ކުލަބުތަކުގެ ސަޕޯޓަރުންނަށް ސައުދީ އަށް އާދެވޭނެ ކަމަށާއި، އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. މީގެ އިތުރުން، ގިނަ ސަޕޯޓަރުން ޤަބޫލު ކުރާ ގޮތުގައި ފުޓުބޯޅައިގައި ސައުދީ އަށް މަތީ ފެންވަރުގައި ވާދަކުރެވޭނެ ކަމަށާއި، ސައުދީގައި އޮތީ ފެންވަރު އޮތް ޓީމެއް ކަމަށެވެ. އެއަށްފަހު މިހާރު ދެން އޮތީ، ސައުދީ އަށް ދުނިޔޭގެ ފެންވަރުގައި މުބާރާތްތައް ބޭއްވޭނެ ކަން ސާބިތުކޮށްދިނުން ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ސަައުދީން ފުޓުބޯޅަ އަށް އޮންނަ ލޯތްބާއި، އެ ކުޅިވަރަށް ހިތްޖެހިފައި އޮންނަ މިންވަރު ވެސް ދައްކުވައިދޭން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަދަކީ ފުޓުބޯޅައިގައި ސައުދީން އެހެން ހަރުފަތަކަށް ދާން ކުރާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ. ސައުދީ ފުޓުބޯޅައިގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަށް ފުރިހަމަ އަށް އިތުބާރު ކުރައްވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ތަފާތު ލެވެލްތަކުގައި ކުރިއެރުންތައް ލިބެމުން އަންނަ މަންޒަރު ވެސް ފެންނަ ކަމަށެވެ. މީގެއިތުރުން ސައުދީން ބައިނަލްއަޤުވާމީ މުބާރާތްތައް ހޯސްޓު ކުރުމުގެ ބޭނުމަކީ، ކުޅިވަރުގެ ބާރުން އެ ޤައުމުގެ ކުޅިވަރުގައި ހަރަކާތްތެރިވާ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާތީ ކަމަށެވެ. ހަމައެއާއެކު އެކަމުގެ ސަބަބުން އިތުރު އެހެން ގުޅުންތަކެއް ވެސް އުފެދިގެން ދާތީ ކަމަށެވެ.

ކުލަބް ވޯލްޑް ކަޕް މުބާރާތް ސައުދީގައި ބާއްވަން ނިންމާފައިވާއިރު، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް އެ ޤައުމުގައި ބޭއްވުމަށް ބިޑު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް