Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރަށް ދަތުރުކުރާ މީހުން

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ފާޅުކުރާ ހިޔާލަކާ ގުޅިގެން އެ މީހުންނާމެދު ތައައްސުފީ ގޮތެއްގައި ބައެއް ބޭރު ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ފެބުރުއަރީ 2023 | އަންގާރަ 06:29
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މިފަދަ މައްސަލައެއް ޝިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ އިސް ސަފުގައި އިންޑިއާއަށް އައުޓް ގޮވާ، އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަކޮށް އިންޑިއާ ސަރުކާރަށް ބަދުބަސް ބުނާ އެކްޓިވިސްޓަކު އިންޑިއާއަށް ދިއުމުން އެގައުމުން ބޭރުކޮށްލާފައިވަނިކޮށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32ވަނަ މާއްދާއިން ލިބިދޭ އެއްވެއް އުޅުމުގެ މިނިވަންކަން ބޭނުން ހިފައިގެން ރައްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދުގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން އެ މީހުންނާމެދު ތައައްސުފީ ގޮތެއްގައި ބައެއް ބޭރު ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށެވެ.

ހަމައެފަދައިން ދިވެހިންނާ މެދު ފިޔަވަޅުއަޅާއިރު، ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީންކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ، ރާއްޖޭގެ ސަރަހައްދުގެ އެތެރޭގެއާއި އެ ސަރަަހައްދުން ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ދުސްތޫރީ އަދި އަހުލާގީ ޒިންމާއަށް ހިޔާނަތްތެރިވުން ކަމަށެވެ.

އަދި މިފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު ނޭޅި، ދިވެހިންގެ ހައްގުތައް ކަށަވަރުކޮށްނުދެވި ބޭރުގެ ދައުލަތަކުން ތައައްސުފީ ނިންމުންތައް ނިންމުމަށް ދޫކޮށްލެވިއްޖެނަމަ، އެކަމުގެ ރައްދުގައި ރާއްޖޭގައި އެ ގައުމަކާއި އެ ގައުމެއްގެ ރައްޔިތުންނާމެދު ނުރުހުމާއި ނަފުރަތު އުފެދި އެ ނަފުރަތުގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅުކަމެއް ހިނގައިދިއުމުގެ އިހްތިމާލު އޮތުމާއެކު، ދިވެހިން ދެިވހި ފަސްގަނޑުގައި ފާޅުކުރާ ހިޔާލުތަކާއި ގުޅިގެން އެ ހިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ، އެކަމުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ބޭނުންކުރުމާއި ނުކުރުމުގެ އިހްތިޔާރު ދިވެހިންގެ އަތުން ބީވެ އެ ހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި ރާއްޖެއިން ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ބޭނން ހިފާފައިވާ ގޮތަކާ ގުޅިގެން ތައައްސުފީ ގޮތެއްގައި ފިޔަވަޅުއަޅައި، އެހެން ދައުލަތަކުން އެ ރައްޔިތުންނަށް އަދަބުދީފިނަމަ އެކަން ހުއްޓުވައި، އެފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިންނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ލިބޭނެ މަގުން އަމަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކުއްލި މައްސަލަ ބަލައިގަތުމާއި މެދު ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ 6 މެންބަރުންނެވެ. މި ކުއްލި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް 39 މެންބަރަކު ވޯޓު ދެއްވި އިރު 10 މެންބަރަކު ވޯޓު ނުދެއްވާ ތިއްބެވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު