Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ސާޖީ ރޮބާޓޯގެ އެއްބަސްވުން އައުކުރުމަށް ބާސެލޯނާ އިން ނިންމައިފި

ރޮބާޓޯގެ އެއްބަސްވުން އެ ކުލަބުން އައު ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2023 | އަންގާރަ 02:16
ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސާޖީ ރޮބާޓޯގެ އެއްބަސްވުން އައުކުރުމަށް އެ ކުލަބުން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 31 އަހަރުގެ ކުޅުންތެރިޔާގެ އެއްބަސްވުން އައުކުރުމަށް ބާސެލޯނާ އިން ބޭނުންވީ އިތުރު އެއް އަހަރު ދުވަހަށެވެ. ބާސެލޯނާގެ މެދުތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ރޮބާޓޯގެ އެއްބަސްވުން އެ ކުލަބުން އައުކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެގޮތުން މިހާރު ބާސެލޯނާ އިން އެއްބަސްވުމުގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި، އެއްބަސްވުމުގައި އޭނާ ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރޮބާޓޯ ބާސެލޯނާގައި މަޑުކުރުމަށް އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޒަވީ ކުލަބުގެ އިސްވެރިންނާ ކުރި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. ބާސެލޯނާއާއެކު ރޮބާޓޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ރޮބާޓޯ ވަނީ މިހާތަނަށް އެ ކުލަބަށް 334 މެޗު ކުޅެދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ބާސެލޯނާ އަށް 14 ލަނޑު ޖަހައިދީފަ އެވެ. ރޮބާޓޯ ވަނީ ބާސެލޯނާއާއެކު 20 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހަ ސްޕެނިޝް ލީގާއި، ހަ ކޮޕަ ޑެލް ރޭ މުބާރާތާއި، ފަސް ސްޕެނިޝް ސުޕަ ކަޕާއި، ތިން ޔުއެފާ ޗެމްޕިއަންސް ލީގާއި، އެއް ޔުއެފާ ސުޕަ ކަޕް އަދި އެއް ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ރޮބާޓޯ ވަނީ 2016 އިން 2021 އަށް ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް ކުޅެދިން 11 މެޗުން އޭނާ ވަނީ އެއް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު