Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ ސީރިޔާ ހަނގުރާމަ

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާ ގުޅިގެން ތުރުކީން މީހުން ހައްޔަރު ކުރަނީ

13 ފެބުރުއަރީ 2023 | ހޯމަ 05:19

މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 62 މީހުން ހައްޔަރުކޮށްފައި ވަނީ އަޑާނާއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ފެބުރުއަރީ 2023 | ހޯމަ 05:19
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާ ގުޅިގެން ތުރުކީން މީހުން ހައްޔަރު ކުރަނީ

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާ ގުޅިގެން ތުރުކީން މީހުން ހައްޔަރު ކުރަނީ

ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް އިމާރާތެއް ވެއްޓިފައިވާތީ، މިހާ ގިނަ އަދަދެއްގެ އިމާރާތް ވެއްޓެން މެދުވެރި ޝައްކުކުރެވޭފަދަ ސަބަބެއް އޮތްތޯ ބަލައި އެކަން ތަހުގީގުކޮށް، އެކަންކަމުގެ ޒިންމާ ނަގަންޖެހޭ މީހިން ހައްޔަރުކުރާނެކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީން މިގޮތަށް ވައުދުވެފައި ވަނީ އާދިއްތަ ދުވަހުއެވެ. އަދި މިހާތަނަށް އައިރު، މިކަމާ ގުޅިގެން ޝައްކުކުރެވޭ 113 މީހަކު ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީގެ ނައިބު ރައީސް ފުއަތު އޮކްޓޭ ވަނީ އެއްރެއެއްގެ ތެރޭގައި 113 މީހުން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން މި މީހުންނަކީ ބިންހެލުމުގެ އަސަރު ކުރި 10 ޕްރޮވިންސްގައި ވެއްޓުނު އިމާރާތްތަކުގެ ތެރެއިން ބައެއް އިމާރާތްތައް ވެއްޓުމުގެ ޒިންމާ ނަގަންޖެހޭ މީހުން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިކަމުގެ ޝަރުއީ މަރުހަލާތައް ނިމެންދެން މިކަންތައް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް އޮކްޓޭ ވިދާޅުވިއެވެ. ބިމާހަމަވެ އެއްކޮށް ފުނޑުފުނޑުވެގެން ދިޔަ އިމާރާތްތަކާއި ގިނަ އަދަދެއްގެ ބަޔަކު އެއިމާރާތްތައް ވެއްޓުމުގެ ސަބަބުން މަރުވި އިމާރާތްތަކުގެ މައްސަލަތައް ހާއްސަ އިސްކަމެއްދީގެން ބަލާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބިން ހެލުމާގުޅިގެން ފާހަގަވާ މައްސަލަތަކާއި މީހުންގެ މަރާއި އަނިޔާތައް ބެލުމަށް ބިންހެލުމުގެ އަސަރުކޮށްފައިވާ ޕްރޮވިންސްތަކުގައި ޖަސްޓިސް މިނިސްޓްރީން ޚާއްސް ބިއުރޯތަކެއް އެކުލަވާލާފައިވާކަމަށް ތުރުކީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ތުރުކީގެ އެންވަޔަރަމެންޓް މިނިސްޓަރު، މުރަތު ކުރުމް ވަނީ ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުން 170،000ށް ވުރެ ގިނަ އިމާރާތް އެސެސްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި އިމާރާތްތަކުގެ ތެރެއިން 24،921 އިމާރާތެއް ވެއްޓިފައި ނުވަތަ އެއްކޮށް ހަލާކުވެފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބިންހެލުން އައިތާ ހަފުތާއެއް ވެފައިވާއިރު، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ގެންދެއެވެ. މިހާތަނަށް އައިއިރު، ބިންހެލުމުގެ ސަބަބުން ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 29،000ން މައްޗަށް އަރާފައެވެ.

ވެއްޓުނު އިމާރާތްތަކާގުޅިގެން ސަރުކާރުން ފަށާފައިވާ ތަހުގީގުގެ ދަށުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 62 މީހުން ހައްޔަރުކޮށްފައި ވަނީ އަޑާނާއިން ވެއްޓުނު އިމާރާތްތަކާ ގުޅިގެންނެވެ. އަދި 33 މީހުން ހައްޔަރުކޮށްފައި ވަނީ ޑިޔަރްބަކިރް އިން ވެއްޓުނު އިމާރާތްތަކާ ގުޅިގެން ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ސަންލިއުރްފާއިން 8 މީހުން ހައްޔަރުކޮށްފައިވާއިރު، އޮސްމެނިތޭ އިން ހަތަރު މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންޓަކްޔާއިން ވެއްޓުނު އިމާރާތެއްގެ ކޮންޓްރެކްޓަރު އިސްތަންބުލް އެއަރޕޯޓަށް ފުރަންގޮސް ހުއްޓައި ތުރުކީގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.   

މީގެ ދިހަ އަހަރު ކުރިން ނިންމާފައިވާ 12 ބުރީގެ މި އަޕްމާކެޓް ރެޒިޑެންޝަލް ކޮމްޕްލެކްސްގައި 249 އެޕާޓްމަންޓް ހިމެނެއެވެ. ބިންހެލުމުގައި މި އިމާރާތް ވެއްޓިފައިވާއިރު، އިމާރާތުގައި ދިރިއުޅެމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ ކިހާ އަދަދެއްގެ މީހުންކަމެއް އެނގޭކަށް ނެތެވެ.

އޭނާ ހައްޔަރުކުރުމުން، އިމާރާތުގެ ކޮންޓްރެކްޓަރު ވަނީ އެ އިމާރާތް ވެއްޓުނު ސަބަބެއް އޭނާއަށް ނޭނގޭކަމަށް ބުނެފައެވެ. އަދި އޭނާ މޮންޓެނެގްރޯއަށް ދާން އުޅެނީ އެކަމާ ގުޅިގެން ނޫންކަމަށް ވެސް އޭނާ ބުނެފައިވާކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން އެއެޕާޓްމެންޓް ކޮމްޕްލެކްސް އިމާރާތްކުރުމުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައިވާނެ ކަމަށާއި ހޯދަންޖެހޭ ހުރިހާ ލައިސަންސެއް ވެސް ހޯދާފައިވާނެ ކަމަށް އޭނާ ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީގެ އިދިކޮޅު ޕާޓީތަކުން ވަނީ ރައީސް ޠައްޔިބް އުރުދުޣާންގެ ސަރުކާރުން އިމާރާތް ކުރުމުގެ ގަވާއިދުތައް ތަންފީޒު ނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި 1999 ވަނަ އަހަރު އެ ގައުމަށް އައި ބާރުގަދަ ބިންހެލުމަށްފަހު، އިމާރާތްތައް ބިންހެލުންތަކުން ރައްކާތެރިކުރުމަށް ނަގަންފެށި ހާއްސަ ޓެކްސްތައް ނަހަމަގޮތުގައި އުރުދުޣާންގެ ސަރުކާރުން ބޭނުންކުރަމުންދާކަމުގެ ތުހުމަތު ވެސް އިދިކޮޅުން ވަނީ ކޮށްފައެވެ.

މިކަމާގުޅިގެން ރައީސް އުރުދުޣާން ވަނީ އިދިކޮޅުން ހިންގާ މުނިސިޕަލްޓީތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގައި މަތި އަޅައި ސަރުކާރަށް ދޮގު ތުހުމަތުތައް ކޮށް، ސަރުކާރުގެ އަގު ވައްޓާލުމުގެ މަސައްކަތް އިދިކޮޅުން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

2012 ވަނަ އަހަރު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގެ 54 ވަނައިގައި އޮތް ތުރުކީ ވަނީ ފާއިތުވި 10 އަހަރުގެ ތެރޭ 47 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. 2022 ވަނަ އަހަރުގެ އިންޑެކްސްގައި ތުރުކީ އޮތީ 101 ވަނައިގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް