Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ޑްރަގް އެޖެންސީ

މަސްތުވާތަކެތީގެ ތެރެއަށް 8-9 އަހަރުގެ ކުދިން ވެސް އެބަވަދޭ: އިމާދު

އެންޑީއޭގެ "ފަރުވާ" ޕްރޮގްރާމުގައި އުޅޭ ގިނަ ފަރާތްތަކަކީ ޑްރަގް ކޯޓުގެ ހުކުމަކާއެކުގައި ފަރުވާ ހޯދަން މަޖުބޫރުވެގެން އަންނަ މީހުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ފެބުރުއަރީ 2023 | ހޯމަ 02:19
އިމާދު ސާލިހު

އިމާދު ސާލިހު

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތްމިންވަރަށް ބަލާއިރު އުމުރުން 8 އަހަރާ 9 އަހަރާ ދެމެދުގެ ކުޑަކުދިން ވެސް މަސްތުވާތަކެތީގެ ތެރެއަށް ވަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމުގައި އިމާދު ވިދާޅުވީ އެކަން އެ އިދާރާއަށް އެނގިފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު ހެދި ދިރާސާއަކުން ކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެހެންކަމުން މިފަދަ ކަންކަން ވިޔަ ނުދިނުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ އެންޑީއޭގެ "ފަރުވާ" ޕްރޮގްރާމުގައި އުޅޭ ގިނަ ފަރާތްތަކަކީ ޑްރަގް ކޯޓުގެ ހުކުމަކާއެކުގައި ފަރުވާ ހޯދަން މަޖުބޫރުވެގެން އަންނަ މީހުން ކަމަށާއި އެކަން އެގޮތަށް ވާން ޖެހެނީ އެންޑީއޭގެ މެންޑޭޓުގެ ތެރޭގައި ވެސް ހިމެނޭ ކަންކަން މިހާތަނަށް ކުރެވިފައިނުވާތީ ކަމަށެވެ. އެގޮތުން، ޒުވާނުން މަސްތުވާތަކެއްޗާ ހަމައަށް ދިއުމުގެ ކުރިން ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެންމެ މުހިންމު ކަމެއް ކަމަށާއި އެކަން އެކަށީގެންވާ މިންގަނޑެއްގެ ތެރޭގައި ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު އިތުރަށް ވިދާޅުވީ ކޮންމެ ސަބަބަކާ ހުރެ ކަމަށްވި ނަމަވެސް ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅެނަމަ ޒުވާނުން މަސްތުވާތަކެތީގެ ވަބައިގައި ޖެހޭވަރު އިތުރުވާނެ ކަމަށެވެ.

އުމުރުން އެންމެ 8 އަހަރާ 9 އަހަރާ ދެމެދުގެ ކުދިންވެސް މަސްތުވާތަކެތީގެ ވަބައިގައި ޖެހޭކަން ފާހަގަކުރައްވައި އިމާދު ވިދާޅުވީ އެފަދަ ކަންކަން ވެސް ވަނީ އެކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ވަރަށް ނޭޅޭތީ ކަމަށެވެ. އެގޮތުން، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަދުރަސާތަކުގައި މަސްތުވާތަކެތީގެ ވާހަކަދެއްކުމުގެ ސަބަބުން ކުދިން އެކަމަށް ވަންނަ ކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އެކަން އޮންނަ ގޮތް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާދު ވިދާޅުވިގޮތުގައި ކުރިން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި އެކަންކަން ބޮޑުވުމުން އެންޑީއޭއިން އެއްވެސް ކަމެއް ނުކުރާކަމަށް ބުނުން އިންސާފުވެރިއެއް ނޫނެވެ. އެހެންކަމުން މުޖުތަމައުގެ އެންމެން ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު