Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުރާވަރު ކޭމްޕް

ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ

ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2023 | އާދީއްތަ 12:22
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ކިޔަވާކުދިން ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި އެކަންތައްތައް ކުރުމަށް ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަޚުލާގީ މިންގަނޑުތައް އެއީ ތިމާ ކޮންމެ ދުވަހަކުވެސް ކުރާ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާއިރު މި ސަރުކާރުން ސްކޮލަޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެ ސްކޮލަޝިޕްތަކަށް ޝަރުތުހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށް ކަމަށެވެ.

އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވަރސިޓީއަށް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2017

އެމްޑީޕީގެ ވިސްނުމަށް އިޚުތިރާމް ކުރަން، ނަމަވެސް ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނެރެންވާނީ ޤާސިމް: ރިޔާޒް

13 ޑިސެމްބަރު 2017
އެމްޑީޕީގެ ވިސްނުމަށް އިޚުތިރާމް ކުރަން، ނަމަވެސް ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނެރެންވާނީ ޤާސިމް: ރިޔާޒް
15 ނޮވެމްބަރު 2017

ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން އެމްޑީޕީން ނިންމައިފި

15 ނޮވެމްބަރު 2017
ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން އެމްޑީޕީން ނިންމައިފި
11 ނޮވެމްބަރު 2017

ވެރިކަން ބަދަލުކުރަން ނެރެންޖެހޭނީ ނަޝީދާއީ މައުމޫނު: ޑރ. ޝަހީދު

11 ނޮވެމްބަރު 2017
ވެރިކަން ބަދަލުކުރަން ނެރެންޖެހޭނީ ނަޝީދާއީ މައުމޫނު: ޑރ. ޝަހީދު
13 ސެޕްޓެމްބަރު 2017

މިނިވަން ޖުޑިޝަރީއެއްގައި ކޯޓްތަކުން ދަންވަރު ހުކުމް ނެރެން ޖެހޭނެ: ޕީޕީއެމް

13 ސެޕްޓެމްބަރު 2017
މިނިވަން ޖުޑިޝަރީއެއްގައި ކޯޓްތަކުން ދަންވަރު ހުކުމް ނެރެން ޖެހޭނެ: ޕީޕީއެމް
13 އޯގަސްޓު 2017

ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު

13 އޯގަސްޓު 2017
ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު