Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ޤަޟާއީ އަހަރު 2023"

ނިޒާމީ ބޮޑު ބަދަލަކަށް ޝަރުޢީ ދާއިރާ ވަނީ މިޞްރާބު ޖަހާފައި: އުއްތަމަ ފަނޑިޔާރު

9 ފެބުރުއަރީ 2023 | ބުރާސްފަތި 18:35

މިއަހަރުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 18:35
"ޤަޟާއީ އަހަރު 2023" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޤަޟާއީ އަހަރު 2023" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ހިނގާ 2023 ވަނަ އަހަރު ޝަރުޢީ ދާއިރާއިން ވަނީ ނިޒާމީ ބޮޑު ބަދަލަކަށް މިޞްރާބު ޖަހާފައިކަަމަށް، އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަޞިމް ޢަދުދާން ވިދާޅުވެއްޖެއެވެ.

"ޤަޟާއީ އަހަރު 2023" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި އަހަރަކީ ޝަރުޢީ ދާއިރާގެ ނިޒާމީ ބޮޑު ބަދަލަކަށް މިޞްރާބު ޖަހާފައިވާ އަހަރެއް ކަމަށާއި، މިއަހަރުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަަމަށެވެ. ހަމަ އެހެންމެ، މި އަހަރުގެތެރޭގައި ޤާނޫނު އަސާސީއާ ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާތީ، އެކަމަށްޓަކައި ރައީސަށް މަރުޙަބާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާފަދައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިޞްލާޙު ގެނައުމާއި ޤާނޫނު އަސާސީއާ ގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނައުމާއެކު، އެކަމުގެ ސަބަބުން މުޅި ޝަރުޢީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، 47 އަހަރަށްފަހު ހެތްކާބެހޭ ގާނޫނު އުވި، ހެތްކާބެހޭ އާ ޤާނޫނަކާއެކު މަސައްކަތް ކުރުމަކީ ޝަރުޢީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި 2022 އަހަރަކީވެސް ރާއްޖޭގެ މަދަނީ އިޖުރާތުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އަހަރެއް ކަމަށެވެ. އެގޮތުން ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމާއި، މައްސަަލަތައް ކުރިއަށް ގެންދާ ގޮތާއި، މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އިއްވާ ޙުކުމްތައް ތަންފީޒުކުރުމުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ނިޒާމު ތަރައްޤީވެ ކުރިއަރަމުން ދިއުމާއެކު، އެނިޒާމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވޭނީ ޤާނޫނު ރަނގަޅަށް ތަންފީޒުވެގެން ކަމަށެވެ. އެހެންކަމުން ޤާނޫނުތައް ތަންފީޒުކުރަން ތިބި ފަރާތްތައް ޤާނޫނުތަކަށް އަހުލުވެރިވުން މުހިންމުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް