Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަގިރި ހުޅުވުން

މާލޭގައި ދިރިއުޅޭ ރައްޔިތުން ކެތްމަދުވެފައި، 2 ގަޑިއިރު ތެރޭގައި ބުކިންގ ފުލް!

ހޮނިހިރު ދުވަހަށް ހުޅުވާލި ޖާގަތައް ވަނީ ފުލްވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2023 | ބުރާސްފަތި 14:02
ކ. ކުޑަގިރި

ކ. ކުޑަގިރި

މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ނެތުމަކީ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އާއިލާއާއެކު ޗުއްޓި ދުވަސްތަކުގައްޔާއި ހަފުތާ ބަންދުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދާނެ ތަނެއް ނެތުމުގެ ކަންބޮޑުވުމެވެ. މި ކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފައިވާއިރު، އެ ވައުދު ފުއްދެވި، އަންނަ ހޮނިހިރު ދުވަހު ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ފަޅެއް ހިއްކައި "ކުޑަގިރި" މިވަނީ ހަގީގަތަކަށްވެފައެވެ. ކުޑަގިރި ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު އާއްމުންނަށް މިހާރު ބުކިން ހެއްދޭ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައެވެ. އެ ފުރުސަތު ހުޅުވާލުމާއެކުވެސް މި ޕިކްނިކް އައިލެންޑަކީ ގިނަ ބަޔަކު ކެތްމަދުވެގެން، އިންތިޒާރުކުރަމުން އައި ޕްރޮޖެކްޓެއްކަން އެނގިގެންދިޔައެވެ. ބުކިންގއަށް ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުޑަގިރިއަށް ޚާއްސަކޮށްގެން ހެދި ވެބްސައިޓުވެސް ޑައުންވިއެވެ. އެއީ ވެބްސައިޓަށް އެއްވަގުތަކާ ވަންނަ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވި ކަމެކެވެ.

އެޗްޑީސީން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބުކިންގއަށް ހުޅުވާލުމުން ކުޑަގިރި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓަށްވެސް އެހާމެ ބާރުބޮޑުވިއެވެ. އަދި ބުކިންއަށް ހުޅުވާލިތާ އެންމެ ދެ ގަޑިއިރު ނުވަނީސް، ހޮނިހިރު ދުވަހަށް ހުޅުވާލި ޖާގަތައް ފުލްވިއެވެ. ހޮނިހިރު ދުވަހަކީ ކުޑަގިރި ހުޅުވާ ދުވަހަށް ވުމުން އެެޗްޑީސީން އެ ދުވަހަށް ފުރުސަތު ހުޅުވާލީ 300 މީހުންނަށެވެ.

ޖުމުލަ 8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ ކުޑަގިރިއަކީ، 3 ތަރީގެ ފެންވަރަށް ތައްޔާރުކޮށްފައިވާ ރަށެކެވެ. މި ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅަކާއި ދަތުރުދާ މީހުން މޫދަށް އެރޭނެ ސަރަހައްދުތަކެއް ވަނީ ތަރައްގީކޮށްފައެވެ.

ކުޑަގިރި ތަރައްގީކޮށްފައި ވަނީ މުނިފޫހިފިލުވާލައި އަރާމު ވަގުތުކޮޅެއް ހޭދަކޮށްލަން އެކަށީގެންވާ ގޮތަށެވެ. އެގޮތުން، ޒަމާނީ ކުލަތަކަށް ފެތޭގޮތަށް ހަދާފައިވާ އެ ރަށަކީ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެޅޭނެ މުހިންމު ބިންގަލެއްކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި އެ ރަށަށް މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުންނާއި ރަށުގެ ފޮޓޯތަކާއި ވީޑިއޯތައް ބެލި ފަރާތްތަކުން އެ ރަށް ސިފަ ކުރަނީ ރިސޯޓަކާ އެއްވަރުގެ ފުރިހަމަ ރަށެއްގެ ގޮތުގައެވެ.

ކުޑަގިރި ތަރައްގީކޮށްފައި ވަނީ އެއްފަހަރާ 500އާ 600އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ދަތުރު ދެވޭގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއެކު ދަތުރުގޮސް، މަޖާކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައި ވާއިރު، އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. އަދި އާންމުންނަށް ބޭނުންވާ އަސާސީ ގިނަ ވަސީލަތްތައް އެ ރަށުން ލިބެން ހުންނައިރު، ދަތުރު ދިއުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަވާނެއެވެ. މީގެ ތެރޭގައި ފާޚާނާބަރި، ޗޭންޖިންގ ރޫމް، ނަރސިންގ ރޫމްވެސް ހިމެނެއެވެ. އެ ރަށަށް ދަތުރުދާ ފަރާތްތަކުން ގެންދަންޖެހޭނީ ހަމައެކަނި ބެކްޕެކްއާއި ލާނެ ހެދުމެވެ.

ކުޑަ ގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ. މިއީ ސަރުކާރު ރަސްމީ ދުވަސްތަކުގައި ދާނަމަ ދައްކަން ޖެހޭ ފީއެވެ. އެހެންކަމުން ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދާ ފަރާތްތަކުގެ އަތުން ފީއެއް ނުނަގާނެއެވެ. މިއީ ކޮންމެ މީހަކަށްވެސް އާއިލާއެކު ނުވަތަ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް ނިންމާފައިވާ ނިންމުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު