Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށްޓަކައި ރަޖިސްޓްރީވުން މިއަދު 04:00ގައި ހުޅުވާލަނީ

9 ފެބުރުއަރީ 2023 | ބުރާސްފަތި 07:47

ކުޑަގިރި އަށް ޚާއްސަ ހޮޓްލައިނާއި އީމެއިލް ވެސް މިއަދު 04:00 އިން ފެށިގެން އެޗްޑީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 07:47
ކ. ކުޑަގިރި

ކ. ކުޑަގިރި

ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށްޓަކައި ރަޖިސްޓްރީވުން މިއަދު 04:00ގައި ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑިރެކްޓަރ މާކެޓިން އެންޑް ސޭލްސް، ނިއުޝާދު ޝަރީފް ވިދާޅުވީ ހަފްތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރި އަށް ދިއުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އެހެންނަމަވެސް ކުޑަގިރި އަށް އެ ދާން ބޭނުންވާ ފަރާތްތަކުން ދުރާލާ ބުކިން ހައްދަން ޖެހެއެވެ. ބުކް ކުރާ އިރު އައިޑީކާޑު ނަމްބަރު ކަށަވަރުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބުކިން ހައްދާ އިރު ކޮންމެ މީހަކަށް ވެސް ބުކިން ހެއްދޭނީ 7 މީހުންނަށް ކަމަށާއި އެ ގޮތަށް ނިންމާފައި ވަނީ ގިނަ މީހުންނަށް ކުޑަގިރި އަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ނިއުޝާދު ވިދާޅުވީ ކުޑަގިރި އަށް ޚާއްސަ ހޮޓްލައިނާއި އީމެއިލް ވެސް މިއަދު 04:00 އިން ފެށިގެން އެޗްޑީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ޕިކްނިކް އައިލެންޑްގެ ބޭނުމަކީ ރައްޔިތުންނަށް އުފާވެރި ވަގުުތުކޮޅެއް ހޯދައިދިނުންކަމަށް ވާއިރު ކުޑަ ގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ. އެ ފީ ވެސް ނަގަނީ ސަރުކާރު ބަންދު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި ކުޑަގިރި އަށް ދާ ނަަމައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް މެނޭޖަރު ޕީއާރް އަހްމަދު މިމްރާހު ވަނީ ކުޑަގިރި އަށް ދާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ރަށަށް ތޫނު އެއްޗެހި އަދި ބާބަކިއު ހެދުމަށް ބޭނުންކުރާ އެއްޗެހި ވެސް ގެންދިއުމަކީ މަނާކަމެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ ރަށަށް ދަތުރު ދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތަކާއި ޕިކްނިކް ދާއިރު ބޭނުންވާ ސާމާނު ވެސް އެ ރަށުން ލިބެން ހުންނާނެކަން އޭނާ ވިދާޅުވިއެވެ.

ޖުމުލަ 8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ ކުޑަގިރިއަކީ، 3 ތަރީގެ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ރަށުގައި ޤާއިމްކޮށްފައިވާ 1.5 ހެކްޓަރުގެ ފިނޮޅަކާއި ދަތުރުދާ މީހުން މޫދަށް އެރޭނެ ސަރަހައްދުތަކެއް ވަނީ ތަރައްޤީކޮށްފައެވެ. މި ތަނަށް މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވެއެވެ. ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށް ފުރުސަތު ހުޅުވާލަނީ 300 މީހުންނަށެވެ. އެ ތަނުގައި އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް