Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޓީ ބަދަލު ކުރުން

ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރައްވައިފި

1 ޖުލައި 2017 | ހޮނިހިރު 17:01

ޕާޓީ ބަދަލުކުރެއްވިކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރެއްވި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 1 ޖުލައި 2017 | ހޮނިހިރު 17:01
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ސިނާން ވަނީ މިކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ޕާޓީ ބަދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭ ގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސިނާނު ވިދާޅުވީ ޕާޓީ ބަދަލުކުރައްވާފައި ނުވާނޭ ކަމަށެެވެ.

މިފަދަ ވާހަކަތަކެއް ފެންމަތިވެފައިވަނީ އީދު ބަންދަށްފަހު، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު އަލުން ނެގުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑީޔާގައި އާންމުވަމުންދާ ޕޯސްޓްތަކުގައި ސިނާނު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި ކަމަށް ބުނެފައިވެއެވެ.

ސިނާނު ޖުމްހޫރީ ޕާޓީއާއި ގުޅުނު ކަމަށް ދެކެވޭ ވާހަކަތަކަށް ޖުމްހޫރީ ޕާޓީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) ކުރެއްވި ޓްވީޓެއްގައި ވަނީ މަސީހުގެ މައްޗަށް ނެގުމަށް ނިންމާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް އިޝާރާތް ކުރައްވާ ޓްވީޓް ކުރައްވާފައެވެ. އެވިލާ ވިދާޅުވީ، މަޖްލިހުގެ މެޖޯރިޓީ މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމަށް ހުށަހަޅައިފިނަމަ، ވޯޓަކަށް ދާން ގާނޫނުން ތަން ނުދޭ ކަމަށާއި ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށެވެ.

ސިނާނު ޕާޓީ ބަދަލުކުރެއްވިކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅުގައި ސަރުކާރުން ވަނީ ސިނާނުގެ ހިއްސާ އޮންނަ ޗިލެކްސް ރެސްޓޯރަންޓް ނަގާ، ސިނާނުގެ ގާތް ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ދުރުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 މެއި 2017

ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!

03 މެއި 2017
ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!
30 އެޕްރީލު 2017

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

30 އެޕްރީލު 2017
ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް
28 އެޕްރީލު 2017

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި
25 އެޕްރީލު 2017

ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!

25 އެޕްރީލު 2017
ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!
12 އެޕްރީލު 2017

ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި

12 އެޕްރީލު 2017
ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި
10 އެޕްރީލު 2017

ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި

10 އެޕްރީލު 2017
ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް