Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީ ބަދަލުކުރުން

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

ސައީދު ޕީޕީއެމް ދޫކުރެއްވީ،  ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައި ތިއްބެވި ޕީޕީއެމްގެ ކެނޑިޑޭޓުންނާއި ހިތްހަމަނުޖެހިގެން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 28 އެޕްރީލު 2017 | ހުކުރު 19:27
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކުރަނީ

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކުރަނީ

އދ. ފެންފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު ޕީޕީއެމް ދޫކުރައްވާ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު ޕީޕީއެމް ދޫކުރެއްވީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައި ތިއްބެވި ޕީޕީއެމްގެ ކެނޑިޑޭޓުންނާއި ހިތްހަމަނުޖެހިގެންނެވެ.

ފެންފުށީ ކައުންސިލަށް މިފަހަރުވެސް ވާދަކުރައްވާ ސައީދު ރާއްޖެއެމްވީއަށް ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވުމަށް މަސައްކަތް ކުރިނަމަވެސް އެބޭފުޅުން އެބޭފުޅުންނާއި މެދު އުފެދިފައުވާ ޚިޔާލު ތަފާތުވުމެއްގައި، އޭނާއަށް އެ ފުރުސަތު ދޭން ބޭނުން ނުވާކަން އެނގުނުކަމަށެވެ. އެހެން އެކަންވުމުން އޭނާ މި އިންތިޚާބުގައި ފުރަތަމަ ވާދަކުރަން ނިންމީ، އަމިއްލަގޮތުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރުމަށް ވުރެ، އިންތިޚާބު ކާމިޔާބުކުރުމަށް ފަސޭހަވާނީ ޕާޓީއެއްގައި ހުރެގެންކަމަށް އަބަދުވެސް ގަބޫލުކުރާކަމަށެވެ. އެގޮތުން ޖޭޕީން އެ ފުރުސަތު ލިބުމުން އެޕާޓީއަށް ހުކުރުދުވަހު ސޮއި ކުރީކަމަށެވެ.

ޖޭޕީން ފެންފުށީ ކައުންސިލަށް ކުރިމަތިލާފައި ހުރީ އޭނާގެ ބަފާބެކަމުން، ބަފާބެ އެ ފުރުސަދު ދޫކޮށްލާ އޭނާއަށް ތާއީދުކުރަން ނިންމާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީގޮތުގައި މި އިންތިޚާބު ފަސޭހަކަމާއިއެކު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރާނެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު