Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަސްކަނޑާ މައްސަލަ

ގަސްކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން، އަމީނި މަގު ސެޕްޓެމްބަރުގައި ނިމޭނެ - އަސްލަމް

ކަނޑާ ގަސްތައް ހުޅުމާލޭ އަދި ކުޑަގިރީގައި ދަނީ އިންދަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2023 | ބުދަ 06:25
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ

މާލޭގެ މަގުތަކުގައި ހުރި ގަސްކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އަމީނި މަގު ތަރައްގީކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގައި ނިމޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވި މާލޭގެ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ހިސާބުގައި ހުރި ގިނަ ބޮޑެތި ގަސްތައް ކަނޑާލާ، ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ކެނޑުންތޯ އަދި ހިޔާދޭ ބިޔަ ގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯއާއި މާލޭ މަގުތައް ހަދައި ނިންމާ އިރު ކިހާ ޢަދަދެއްގެ ގަހެއް ކެނޑުމަށް ޕްލޭންކުރެވިފައިވޭތޯ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ސުވާލާއި ގުޅިގެންނެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވި އަމީނީ މަގު އަލުން ރީޑިވަލަޕްކުރެވިގެންދާއިރު އެތަނުގައި ހުރި ގިނަ ގަސްތަކަކީ އޮފިއެލޭ ގަސް ކަމަށެވެ. މަގު ހެދުމުންދާއިރު މަގުގެ ތެރެއަށް އިތުރު ޕްރޮވިޝަންތަކެއް މަގު އަޑިއަށް ލަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ޑީވޯޓަރިންގ ހޮޅިއާއި ފާހާނާ ނިޒާމް އަޕްގްރޭޑް ކުރުމުގެ އިތުރު ހޮޅިތަކާއި، ހައިވޮލްޓޭޖް ކޭބަލްތަކަށް ލާ ޕްރޮވިޝަންތަކާއި އެހެނިހެން ކަންކަމަށް ހޮޅިލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމީނީ މަގުން ކެނޑި ގަސްތައް ހުޅުމާލެއާއި ކުޑަގިރީގައި އިންދާފައިވާ ކަމަށެވެ. އަދި ވަކި އަދަދެއްގެ ގަސްތަކެއް ކަނޑަން ގަސްތުކޮށްފައި ނުވާ ކަމަށާއި، މަސައްކަތް ކުރިއަށްދާއިރު އެހެންތަންތަނުގައި ރިޕްލާންޓްކުރުން އެއީ ގެންގުޅުއްވާ ވިސްނުން ކަމަށެވެ.

އަދި ޕްރޮވިޝަންގެ މަސައްކަތް ކުރާއިރު ކުޑަގަހެއް ހުރި ނަމަވެސް އެތަނުން ގަސް ނަގާފައި އަލުން އިންދެން އިންނަމަ އެތަނުގައި އިންދާނެ ކަމަށެވެ. އަދި މަގު ހެދިގެންދާއިރު ގަސް އިންދަން ކޮންމެ 25 މީޓަރަކުން 25 މީޓަރަކުން ވަކިން ހާއްސަކޮށްފައި އިންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަމީނީމަގު ހަދަން އިނީޝިއަލީ ކޮންޓްރެކްޓުގައި ސޮއިކުރީ މި ހިނގާ ފެބްރުއަރީ މަސް ނިމެންވާއިރަށް މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް މަސައްކަތުގެ ކޮންޓްރެކްޓަރުގައި ސޮއިކުރުމަށްފަހުގައި އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ޕްރޮވިޝަންލުމަށްޓަކައި އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ސަޕްލައި ޗެއިންގައި ހުރި ދަތިތާއެކު ލިބުމުގައި ހުރިދަތިތައް ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށްފައި ރިވައިސްޑް ކޮމްޕްލީޝަން ތާރީހެއް ކަނޑައަޅާފައި ވާނެ ކަމަށައި، އެއީ 27 ސެޕްޓެމްބަރު 2023 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި އިތުރު އެހެން މަގެއް ހެދުމަށް އާރުޑީސީއާއެކު ސޮއިކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގައި ޕްލޭންގައި މާލޭގެ އުތުރު ފަރާތުގެ މެރިން ޑްރައިވް ފުޅާކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އަމީނީ މަގުއާރްޑީސީމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު