Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީއަށް އައި ބިންހެލުން

ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށްކުރި ތުރުކީގެ 10 ޕްރޮވިންސެއްގައި 3 މަސް ދުވަހުގެ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި

7 ފެބުރުއަރީ 2023 | އަންގާރަ 14:59

ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 50،000 މަސައްކަތް ތެރިން ފޮނުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ފެބުރުއަރީ 2023 | އަންގާރަ 14:59
ތުރުކީ އަށް އައި ބިން ހެލުމުގައި އިމާރާތްތައް ވެއްޓިފައި

ތުރުކީ އަށް އައި ބިން ހެލުމުގައި އިމާރާތްތައް ވެއްޓިފައި

ތުރުކީއަށް އައި ބާރު ގަދަ ބިން ހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދެކުނުއިރުމަތީގެ 10 ޕްރޮވިންސްގައި ތިން މަސް ދުވަހުގެ ސްޓޭޓް އޮފް އިމަރޖެންސީ އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން އިއުލާންކުރައްވައިފިއެވެ.

އުރުދުޣާން ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިމަރޖެންސީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. އެގޮތުން އިންސާނީ އެހީތެރިކަމަށް މަސައްކަތްކުރާ މީހުންނަށް ބިން ހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ދިޔުމުގަޔާއި ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އަޅުއްވާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ. ޓީވީ މެދުވެރިކުރައްވާ ތުރުކީގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން އުރުދުޣާން ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރައްވާކަމުގައެވެ.

ސްޓޭޓް އޮފް އިމަރޖެންސީ އާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުންނާއި ރައީސް އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަން ވީއެންމެ އަވަހަށް ކޮށްނިންމަވާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

މި ގަރުނުގައިވެސް ތުރުކީއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ބިންހެލުމުގައި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކަށް އެހީވުމުގައި ތުރުކީ ސަރުކާރުން މާބޮޑަށްވެސް ލަސްވެފައިވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެތައް ހާސް ބަޔަކު އަންނަނީ ތުރުކީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެކަމުގެ ސަބަބުން ތުރުކީ ސަރުކާރަށް ކުރިމަތިވަމުންދާ ޕްރެޝަރ އަންނަނީ އިތުރުވަމުންނެވެ.

އުރުދުޣާން ވިދާޅުވީ ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 50،000 މަސައްކަތް ތެރިން ފޮނުވާނެކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

އުރުދުޣާންގެ 20 އަހަރުވީ ވެރިކަމުގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާ ކުރިމަތިވެފައިމިވަނީ އެގައުމުގެ ރިޔާސީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މެއި 14 ގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.

ހޯމަ ދުވަހު ތުރުކީއަށް އައި 7.8 މެގްނެޓިޔުޑްގެ ބިން ހެލުމުގައި މިހާތަނަށް ތުރުކީން 3549 މީހުން މަރުވެފައިވާއިރު މިބިން ހެލުމުގެ އަސަރު ދެން ކޮށްފައިވާ ސީރިއާއިން 1602 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ތުރުކީ

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ

24 ޑިސެމްބަރު 2025
ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
15 މެއި 2025

ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ

15 މެއި 2025
ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ
18 އެޕްރީލު 2025

މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ

18 އެޕްރީލު 2025
މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ
13 އެޕްރީލު 2025

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި

13 އެޕްރީލު 2025
މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް