Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއްދަތު ގުނުން

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މުއްދަތު ގުނާނެ ގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިރުޝާދެއް

މި ޕްރެކްޓިސް ޑައިރެކްޝަން ނެރުއްވާފައިވަނީ އާދިއްތަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 07:51
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މުއްދަތު ގުނާނެ ގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ސޮއި ކުރައްވައި މި ޕްރެކްޓިސް ޑައިރެކްޝަން ނެރުއްވާފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުން މުއްދަތު ގުނުމުގައި ޝަރުއީ ކޯޓުތަކުން އެއް އުސޫލަކުން އަމަލު ކުރުމުގެ ގޮތުން އެ ޤާނޫނުގެ 424 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނާނެ ގޮތެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގައި ބުނެފައިވަނީ މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެ ކަމަށެވެ.

އަދި ހަތް ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައެއް ނުހިމެނޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ޙުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި މަހަކަށް ޙަވާލާދީފައިވާނަމަ، އެ ޙަވާލާދެނީ، މީލާދީ މަހަކަށްކަމަށްވެސް މި ޤާނޫނުގައި ބުނެއެވެ.

ސުޕްރީމް ކޯޓުގެ އިރުޝާދުގައި ވަނީ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މުއްދަތު ގުނާނެ ގޮތް ތަފްސީލު ކޮށްދެއްވާފައެވެ.

އެގޮތުން ބަލާއިރު، 7 ދުވަހަށް ވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

އަދި 7 ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަހާއި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

އެގޮތަށް މުއްދަތު ގުނާއިރު، ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެކަމެއް މުއްދަތުގެ ތެރޭގައި ކުރެވުނީކަމަށް ބެލެވޭނެކަމަށް މި އިރުޝާދުގައިވެއެވެ.

އޭގެ އިތުރުން، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ބަޔާންކޮށް ކޯޓުން އަންގާ އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށައަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެކަމަށްވެސް މި އިރުޝާދުގައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވާ 48 ގަޑިއިރު ގުނާނެ ގޮތާއި ގުޅޭގޮތުން އަރާފައިވާ "އޮޅުން ބޮޅުން" ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙައްލު ކޮށްދީފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު ކަމަށެވެ. އެއީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

އެހެންނަމަވެސް، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ބަޔާން ކޮށްފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ.

ޤާނޫނަކާއި ޤަވާއިދެއްގެ ފުށުއެރުން މި ޙާލަތުގައި އަންނައިރު، އެކަމުގެ ސަބަބުން އުފެދިފައިވާ އޮޅުންބޮޅުން ޙައްލު ކުރުމަށްޓަކައި ސުޕްރީމް ކޯޓުން ވަނީ އެ ޤަވާއިދު ބާތިލުކަމަށް ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު