Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް އިމްރާން

ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

1 ޖުލައި 2017 | ހޮނިހިރު 10:03

ޖަލަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ އަމަލުތަކުން ހުރިހާ ގައިދީންނަށް ބައެއް ހައްގުތައް ހިފަހައްޓާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޖުލައި 2017 | ހޮނިހިރު 10:03
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބަހައްޓާފައިިހުރީ "ޔޫ ޓޫ"ގައި ކަމަށާއި އެ ޔުނިޓަކީ މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްކަމަށް ވާއިރު ޝެއިހް އިމްރާން އެ ޔުނިޓްގައި ބެހެއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދަށުން ހިނގަމުން އަންނަ މާލޭ ޖަލުގެ ކުރިމަތީގައި ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ އެއީ ޝެއިހް އިމްރާނަށް އަނިޔާކުރުމުގެ ގޮތުން ކަރެކްޝަނުން ހިންގާފައިވާ އަމަލެއް ކަމަށެވެ. ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ޝެއިހް އިމްރާން ބެހެއްޓި ނަމަވެސް މި ވަގުތު ބޮޑެތި ކުށްވެރިން ތިބޭ ގޮޅީގައި ޝެއިހް އިމްރާން ބަންދުކޮށްފައި ބަހައްޓާފައިވަނީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ ނިޔަތުގައި ކަމަށް ވިޔަސް ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތައް ފަހަތަށްނުޖެހި ކުރިއަށްދާނެ ކަމަށެވެ. ޝެއިހް އިމްރާން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބަދަލު ކުރުމަށް މަހްލޫފް ގޮވާލެއްވި އެވެ.

Advertisement - newsAdvertisement

މަހްލޫފް ވަނީ ގައިދީންނާމެދު ކަރެކްޝަނުން އަމަލު ކުރަމުންދާ ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މަހްލޫފް ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަށް ޖަލުގައި ބަންދުކުރުން ފިޔަވާ އިތުރު އަނިޔާތައް ދިނުމަކީ ވަރަށް އާއްމުކަމެއް ކަމަށެވެ. އަދި ގައިދީންނަށް ދޭ ކެއުމާއި ބޭސްފަރުވާގެ ކަންކަމުގައި ކެރެކްޝަނުން އިހުމާލު ވަމުންދާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ޖަލު ބަލަހައްޓާ ބައެއް އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕްރިޒަންގެ އިހުމާލުން ގައިދީންގެ ގިނަ ހައްގުތަކެއް ގެއްލޭ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ގޮވާލާ ކަމަށާއި އަބަދަކު މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށާއި ކޮންމެވެސް ދުވަހަކުން އެމައްސަލަތައް ބެލޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވަނީ ދާދި ފަހުން 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިންމަވާފަ އެވެ. މަހްލޫފް ވަނީ ޖަލުގައި މަހްލޫފަށް ދިމާވި ގިނަ ކަންކަން ނޫސްވެރިންނަށް ހިއްސާކޮށްދެއްވާފަ އެވެ. އެގޮތުން މަހްލޫފް ހުކުރު ނަމާދަށް ދިއުމަށް އެދުމުން ކަރެކްޝަންސްގެ އޮފިސަރުން އެކަށް ހަމަޖައްސާދީފައި ނުވާކަމަށް މަހްލޫފް ވިދާޅުވި އެވެ. އެހެންކަމުން މަހްލޫފް ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހުކުރު ނަމާދަށް ވަޑައިގެންނެވިފައިނުވާކަމަށް މަހްލޫފް ވިދާޅުވި އެވެ.

މީގެއިތުރުން، މަހްލޫފް ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ އަމަލުތަކުން ހުރިހާ ގައިދީންނަށް ބައެއް ހައްގުތައް ހިފަހެއްޓުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް