Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2023

ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރެފި

ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވުމުން މެމްބަރުން އެކަމަށް އިޖާބަ އެއް ނުދެއްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ފެބުރުއަރީ 2023 | ހޯމަ 05:01
ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރުން

ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރުން

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ބޭއްވި ޖަލްސާގައި އަޑުގަދަ ކުރެއްވި ފަސް މެންބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ރިޔާސީ ބަޔާން އިއްވެވުމަށް ތައްޔާރުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ ކޮޅަށް ތެދުވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އިސްތިއުފާ އަށް ގޮވާލައްވާ ހަޅުތާލުކުރައްވާފައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވަވާފައެވެ. އަދި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެވަޑައިގަތުމުން އެކަމަށް އިޖާބަ ނުދެއްވުމުން ރައީސް ނަޝީދު ވަނީ ޝިޔާމް މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންނެވުމަށް ވިދާޅުވެފައެެވެ. ހަމައެހްނެމެ ގަދަކަމުން މެންބަރުން ނެރެން ބޭނުންވެވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ބައެއް އެެހެން މެންބަރުން ވެސް ވަނީ މަޖިލީހުގައި ކޮޅަށްތެދުވެވަޑައިގެން އިހުތިޖާޖްކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު އެ މެންބަރުން މަޖިލީހުން ނުކުންނެވުމަށް އަންގަވާފައެވެ. އަދި މަޖިލިސް މެދުކަނޑާލެއްވުމަށް ފަހު އަލުން ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުގެ ކުރިން އެ މެންބަރުން ވަނީ މަޖިލީހުން ނެރެފައެވެ. ނަން އިއްވާ މަޖިލީހުން ނެރުނު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގްއެވެ.

މަޖިލިސްރިޔާސީ ބަޔާންރައީސް ސާލިހު ކުރީގެ ރައީސް، މުހައްމަދު ނަޝީދުޕީޕީއެމް-ޕީއެންސީރިޔާސީ ބަޔާން 2023

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު