Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ މިނިވަން ދުވަސް

ސްރީލަންކާއަށް ގޯސްކޮށް ކުރެވިފައިވާ ކަންކަން އިސްލާހުކުރަންޖެހޭ: ވިކްރަމަސިންގހަ

4 ފެބުރުއަރީ 2023 | ހޮނިހިރު 13:56

ހޮނިހިރު ދުވަހު ކުރިއަށްދިޔަ މިނިވަން ދުވަހުގެ އިހުތިފާލްތައް އިދިކޮޅު ފަރާތްތަކުން ވަނީ ބޯއިކޮޓްކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 4 ފެބުރުއަރީ 2023 | ހޮނިހިރު 13:56
ސްރީލަންކާގެ ރައީސް މިނިވަންދުވަހުގެ ޕެރޭޑް ބައްލަވާލައްވަނީ

ސްރީލަންކާގެ ރައީސް މިނިވަންދުވަހުގެ ޕެރޭޑް ބައްލަވާލައްވަނީ

ސްރީލަންކާއަށް ގޯސްކޮށް ކުރެވިފައިވާ ކަންތަކާއި ފެއިލް ވެފައިވާ ކަންކަން އިސްލާހުކޮށް، ގައުމެއްގެ ހައިސިއްޔަތުން ރަނގަޅަށް ހުރި ކަންކަމާމެދު އަލުން ވިސްނަން އެބަ ޖެހޭ ކަމަށް، އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ މިއަދު އެގައުމުގައި ފާހަގަކުރަމުންދާ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބްކުރައްވައި ދެއްވި މެސެޖްގައެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ވެރިރަށް ކޮލޮމްބޯގައި މިލިޓަރީ ޕެރޭޑަކާއެކު ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. ރައީސް ވިކްރަމަސިންގހަ ޝަރަފްވެރިކޮށްދެއްވި އިވެންޓުގައި ރައީސްގެ އަރިހުގައި ބޭރުގެ ބައެއް ގައުމުތަކުގެ އިއްޒަތްތެރިންގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދުގެ ހަރަކާތްތަކަށް 200 މިލިއަން ރުޕީސް ޚަރަދުވާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ. އިގްތިސާދީގޮތުން ގައުމު ބޮޑު އަޑިގަނޑެއްގައި ވަނިކޮން މިފަދަ ބޮޑު ޚަރަދެއް ނުކުރުމަށް އެފަރާތްތަކުން ގޮވާލާފައިވެއެވެ. އެހެން ނަމަވެސް އެއްގަމާއި ވައިގެ ސިފައިންގެ އިތުރުން، ކަނޑުގެ ސިފައިންވެސް ބައިވެރިވި މިލިޓަރީ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

2022 ވަނަ އަހަރުގެ މެދުތެރޭގައި ސްރީލަންކާއަށް ވަރަށް ބޮޑު އިގްތިސާދީ ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ. މިއާއެކު އެތައް މަހެއް ވަންދެން އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވެއެވެ. ނަތީޖާއެއްގެގޮތުން ސިޔާސީ ބޮޑެތި އެތައް ބަދަލުތަކެއް ގެންނަން މަޖްބޫރުވެ، ސަރުކާރުވެސް ބަދަލުވެފައިވެއެވެ. އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ވަޑައިގެންނެވުމުން، އޭރު ބޮޑުވަޒީރަކަށް ހުންނެވި ވިކްރަމަ ސިންގހަ ވަގުތީގޮތުން ރައީސްކަމާ ހަވާލުވެވަޑައިގެން އަދި ފަހުން ވަނީ މަގާމް ދާއިމީކުރެވިފައެވެ.

ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އައި އެންމެ ތަދު ދުވަސްތަކަށްފަހު، މިދިޔަ އަހަރުގެ އެޕްރިލް މަހު ފުރަތަމަ ފަހަރަށް ވަނީ އެގައުމުގެ ދަރަނި "ޑިޕޯލްޓް" ވެފައިވާކަން އިއުލާން ކޮށްފައެވެ. ކާބޯތަކެއްޗާއި ބޭސް އަދި ކައްކާގޭސްފަދަ ޒަރޫރީ ތަކެތިވެސް ލިބުން ވަރަށް ބޮޑަށް ދަތިވެ އާންމު ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އެގައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވި އެއް ގައުމަކީ އަވައްޓެރި އިންޑިޔާއެވެ. އިންޑިޔާއިން މިދިޔަ އަހަރުވަނީ 3.9 ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ. އަދި ސްރީލަންކާއިން ދަނީ 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ލިބޭތޯވެސް މަސައްކަތް ކުރަމުންނެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ، މިނިވަން ދުވަހުގެ އިހުތިފާލްތައް އިދިކޮޅު ފަރާތްތަކުން ވަނީ ބޯއިކޮޓްކޮށްފައެވެ. އަދި ތަމަޅައިން ގިނައިން އުޅޭ އުތުރުގެ ސަރަހައްދު ތަކުގައި ވަނީ ކަޅު ދިދަ ނަގާފައި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މުޒާހަރާކުރަން އުޅުނު މީހުން ހައްޔަރުކޮށް، މަގުތަކަށް ހަތިޔާރު އެޅިސިފައިން ގިނަ އަދަދަކަށް ނެރެފައިވާކަމަށް ޚަބަރު ލިބެއެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި 15 އިންސައްތައަކީ ތަމަޅައިންނެވެ. އަދި އާބާދީގެ 75 އިންސައްތައަކީ ބުޑިސްޓުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި

17 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި
23 ނޮވެމްބަރު 2017

ޓެރަރިޒަމް ސްޕޮންސާ ކުރާ ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ ކަންކަން ގޯސްކުރަން ކުރި ކަމެއް: އުތުރު ކޮރެއާ

23 ނޮވެމްބަރު 2017
ޓެރަރިޒަމް ސްޕޮންސާ ކުރާ ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ ކަންކަން ގޯސްކުރަން ކުރި ކަމެއް: އުތުރު ކޮރެއާ
11 ނޮވެމްބަރު 2017

ކޮރަޕްޝަނުގެ ތުހުމަތުކުރެވިފައިވާ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި

11 ނޮވެމްބަރު 2017
ކޮރަޕްޝަނުގެ ތުހުމަތުކުރެވިފައިވާ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި
19 ސެޕްޓެމްބަރު 2017

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

19 ސެޕްޓެމްބަރު 2017
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
17 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

17 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ
12 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު

12 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު
03 ސެޕްޓެމްބަރު 2017

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
24 އޯގަސްޓު 2017

މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ

24 އޯގަސްޓު 2017
މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ
27 ޖޫން 2017

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017
ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް