Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެންސަރ ހޮސްޕިޓަލް

ކެންސަރ ހޮސްޕިޓަލާއެކު ގިނަ އުއްމީދުތަކެއް ގުޅިފައި

މި ހޮސްޕިޓަލާއެކު ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވި، ބަލި ދެނެގަނެވި، ފަރުވާ ދެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2023 | ހޮނިހިރު 10:28
ކެންސަރު ބަލި މީހަކު

ކެންސަރު ބަލި މީހަކު

ސަރުކާރުގެ ސިއްހީ ޚިދުމަތް ތަރައްގީކޮށް ލާމަރުކަޒުކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ފުރަަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެކެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ އެ ވައުދުފުޅުގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.

އެގޮތުން މި މަޝްރޫއު ވެގެންދާނީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށްކަމަށް ސަރުކާރުންވެސް ބުނެއެވެ.

މިފަދަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުވެގެން ދިއުމަކީ ގައިމުވެސް އެތައް ބަޔަކަށް އޭގެ މަންފާ ކުރާނެ ކަމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އެކަނިވެސް ކެންސަރު ބައްޔަށް 1،029 މީހުން ފަރުވާ ހޯދާފައިވެއެވެ.

ޖެހިގެން އައި 2019ވަނަ އަހަރު އެއަދަދު 1417ށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ދިޔަ މީހުންނެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ފައިދާތައް އެކަންޏެއް ނޫނެވެ. ސަރުކާރުން ބުނާ ގޮތުގައި މި ހޮސްޕިޓަލާއެކު ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވި، ބަލި ދެނެގަނެވި، ފަރުވާ ދެވި އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ވެސް ފޯރުކޮށްދެވޭނެއެވެ.

 އަދި ހޮސްޕިޓަލު ހުޅުވި ހިނގަން ފެށުމުން މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ.

ކެންސަރ ހޮސްޕިޓަލާއެކު ރާއްޖޭގެ ސިއްޙީ ދާއިރާގެ މުވައްޒަފުން އެ ރޮނގުން ތަމްރީނު ކުރުމުގެ ދޮރުވެސް ހުޅުވިގެންދާއިރު، މި މަޝްރޫގެ ދަށުން, ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ،

އެގޮތުން ބަލާއިރު، ދިވެހި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 250 މުވައްޒަފުންނާއި ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީޝަނުންނާއި އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާތަކަށް ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ދިނުމުގައި ހޮސްޕިޓަލަށް ބޭނުންވާ ކެންސަރު ބަލީގެ އެކިއެކި ދާއިރާތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ހަމައެއާއެކު، ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލެވިގެން ދާނެކަމަށްވެސް ސަރުކާރުން ބުނާއިރު، މިއީ ގައިމުވެސް ކެންސަރާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހޯދޭނެ ކާމިޔާބީތަކަކަށް ވާނެއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު