Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

މިއީ ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު ކާމިޔާބެއް: ބައްސާމް

އޭއެފްސީގެ 33 ވަނަ ކޮންގްރެންސްގައި ބައްސާމް ވަނީ އެ ފެޑެރޭޝަންގެ އެކްސްކޯއަށް އިންތިޚާބުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2023 | ހޮނިހިރު 07:18
އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސާއި އޭއެފްސީގެ ރައީސާއެކު

އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސާއި އޭއެފްސީގެ ރައީސާއެކު

އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެކްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުވުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ އޭއެފްސީގެ 33 ވަނަ ކޮންގްރެންސްގައި ބައްސާމް ވަނީ އެ ފެޑެރޭޝަންގެ އެކްސްކޯއަށް އިންތިޚާބުވެވަޑައިގެންފައެވެ. ބައްްސާމް ވިދާޅުވީ އޭއެފްސީގެ އެކްސްކޯއަށް އިންތިޚާބުވުމަކީ އެހާ ފަސޭހެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް އޭއެފްސީގައި ހިމެނޭ ގާތްގަނޑަކަށް 46 ގައުމުންވެސް އެކްސްކޯގެ ޖާގައެއްް ބޭނުންވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އޭގެތެރެއިން ރާއްޖެ ހިމެނޭ ސަރަހައްދަށް ލިބިފައި އޮތީ ދެ ފުރުސަތު ކަމަށާއި، އޭގެތެރެއިން އެއް ފުރުސަތުގައި ރާއްޖެއިން އިންތިޚާބުވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އޭއެފްސީއާއެކު އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ނަމަވެސް ލިބުނު ފުރުސަތުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭއެފްސީ މެދުވެރިކޮށް ރާއްޖޭގެ ފުޓުބޯޅައަށް ކުރެވިދާނެ ގިނަ ކަންކަން ހޯދައި އެ ކަންތައްތައް ފަސޭހަ ގޮތެއްގައި ރާއްޖެއަށް ފުރުސަތުތައް ހޯދުމުގެ މަސައްކަތްވެސް ކުރެވިގެެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމާއި، އުުމުރުފުރާތަކުގެ ގައުމީ ޓީމާއި ކުލަބުތަކަށް ފުރުސަތުތަކެއް ހޯދުމަށް އަނެއްކާވެސް ދޮރެއް ހުޅުވުނީ ކަމަށެވެ. އެގޮތުން ކުލަބުތައް ހަރުދަނާކުރުމަށް އޭގެތެރެއިން ކަންކަން ކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް ކުލަބު ލައިސެންސެއް މެދުވެރިކޮށް ރާއްޖޭގެ ކުލަބުތައް މިހާރު ހިނގަމުންދާގޮތަށްވުރެ ހަރުދަނާކޮށް ކަންތައްތައް ކުރެވިދާނެ ކަމަށެވެ. އަދި ރާއްޖޭގެ ދެކުލަބަށްވުރެ ގިނަ ކުލަަބަށް އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ކުރެވިދާނެ ކަންކަންވެސް ފެންނަ ކަމަށެވެ. ބައްސާމް ވިދާޅުވީ އޭއެފްސީގެ އެކްސްކޯގެ ބައްދަލުވުންތަކުގައި އެ ވާހަކަތައް ދައްކަވައި، އެކަމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ އިންފްރާސްޓްރަކްޗަރގެ ވަރަށް ގިނަ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން އޭއެފްސީގެ ރައީސްގެ އިސްނެގުމުގެމަތިން ވެސް ވަރަށް ގިނަ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދާދިފަހުން އެކަމަށް އިތުރު ފަހި ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. ބައްސާމް ފާހަގަކުރެއްވިގޮތުގައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ފުޓުބޯޅަ ދަނޑުތަކެއް އަޅަމުންކަމަށާއި، އެހެންކަމުން އެފްއޭއިން އިސްކަންދޭނީ އެ ދަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު ސަރުކާރުން އަޅަމުން އަންނަ ދަނޑުތަކަށް އިތުރު ބާރުވެރިކަމެއް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު މިހާރުވެސް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައި އޮތީ މެޗުތައް ލައިވްކޮށް ދެއްކުމުގައި ކަމަށާއި، އެކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އޭނާއަށް މި ފުރުސަތު ލިބިވަޑައިގަތީ ރާއްޖޭގެ ފުޓުބޯޅަައަށް ކުރެއްވިފައި ހުރި މަސައްކަތްތަކަށް ބެލުމަށްފަހު ކަމަށެވެ. މިއީ ރާއްޖެއާ އެހެން ގައުމުތަކާ އޮތް ގާތް ގުޅުމުގެ ސަބަބުންނާއި އެހެން ފުޓުބޯޅަ އިދާރާތަކާ އޮންނަ ގާތް ގުޅުމުގެ ސަބަބުން، އަދި ރާއްޖޭގެ ކުޅުންތެރިންނާއި ކުލަބުތަކުން ދައްކަމުން އަންނަ ނަމޫނާގެ ސަބަބުން ލިބިވަޑައިގަތް ކާމިޔާބެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ސަރުކާރާއި ކުޅިވަރު ވަޒީރު، އެހެން ގައުމުތަކާ ބާއްވަވާ ގާތް ގުޅުމުގެ ސަބަބުން ލިބިވަޑައިގަތް ކާމިޔާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ނިންމާލަމުން ބައްސާމް ވިދާޅުވީ، ފާއިތުވި ދޮޅު އަހަރަކީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތީ ވަރަށް އުޖާލާ ދުވަސްތަކެއް ކަމަށެވެ. އެގޮތުން މިހާރު ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން އެކި ކަންކަން ހާސިލްވާނެކަމުގެ އުންމީދު ބޮޑުކަމަށްވެސް ވިދާޅުވިއެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، އެނބުރި ގައުމަށް އައިސް ވަރަށް އަވަހަށް ކުޅިވަރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު