Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރާމާރީގެ މައްސަލަ

މާރާމާރީ ހިންގި 2 މީހަކު 10 އަހަރަށް ޖަލަށް

ބަންދުގެ މުއްދަތު ކެނޑުމުން ކުށްވެރިވި ދެ މީހުން ތަންފީޒުކުރަންޖެހެނީ އަދަބުގެ ދެބައިކުޅަ އެއްބައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2023 | ހުކުރު 12:10
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މީހަކަށް ނުރައްކާތެރި ހާނިކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ 2 މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 4 ޑިސެމްބަރު 2018 ގައި ހުށަހެޅި މައްސަލައެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ފަރެސްމާތޮޑާ-މާތޮޑާ އަވަށް/ މަންޒިލް، މުހައްމަދު ނިޝާހު އަދި ކ. މާލެ ހ. ރޯޒަންޑޭލް، ޝައިބާން ޒުފްރަތުގެ މައްޗަށެވެ.

ދައުވާގައި ބުނެފައިވަނީ މުހައްމަދު ނިޝާހު އިތުރު މީހަކާއެކު 8 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ ރޭގަނޑު 10:45 އެހާއިރު، ކ. މާލޭ މަޖީދީމަގު އޮލިމްޕަސް ކައިރިން، ސ. ހިތަދޫ ހިންދާމާގެ، ހުސައިން ޝާން އާމެދު މާރާމާރީ ހިންގައި މީނާ ގެންގުޅުނު ވަޅިއަކުން ޝާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީއާއި މި މާރާމާރީގެ ސަބަބުން ޝާން އަށް އަނިޔާވެފައިވާކަން މެޑިކޯލީގަލް ރެކޯޑުން އެނގެން އޮންނާތީ ގާނޫނު ނަންބަރު 17/20210 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކުރާކަމުގައެވެ.

މި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ، ޝައިބާން ޒުފްރަތު އިސްމާއިލް 8 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ ރޭގަނޑު 10:45 ގައި ކ. މާލޭ މަޖީދީމަގު އޮލިމްޕަސް ކައިރިން، ސ. ހިތަދޫ ހިންދާމާގެ، ހުސައިން ޝާން އާމެދު މާރާމާރީ ހިންގައި މީނާ ގެންގުޅުނު ވަޅިއަކުން ޝާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީއާއި މި މާރާމާރީގެ ސަބަބުން ޝާންއަށް އަނިޔާވެފައިވާކަން މެޑިކޯލީގަލް ރެކޯޑުން އެނގެން އޮންނާތީ ގާނޫނު ނަންބަރު 17/20210 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކުރާކަމުގައެވެ.

މި ދައުވާ ބިނާކޮށްފައިވަނި 2 ވާޤިއާތަކަށް ބިނާކޮށެވެ. އެއީ ދައުލަތުން ކުލަ ދައުވާގައި ބުނާ ހާދިސާ ހިނގާފައިވާ ތާރީހެއްކަމަށް އޮތީ 8 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ 10:45، ދައުވާ ބިނާކޮށްފައިވާ މާއްދީ ވާޤިއާތަކެެވެ. އެ ދެކަމަކީ ޝާންއާމެދު މާރާމާރީ ހިންގައި ނިޝާހުއާއި ޝައިބާން ގެންގުޅުނު ވަޅިއަކުން ޝާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލާފައިވު އަދި މާރާމާރީގެ ސަބަބުން ޝާންއަށް އަނިޔާވެފައިވާކަން މެޑިކޯލީގަން ރެކޯޑުން އެނގެން އޮންކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ. (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި ދައުވާއާއި ގުޅިގެން މުހައްމަދު ނިޝާހުގެ މައްޗަށް ދައުލަތުން 10 ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި 9 ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި ޝައިބާން ޒުފުރަތުގެ މައްޗަށް 17 ހެއްކެއް ހުށަހަޅާފައިވެއެވެ. ދިފާއުން ހުށަހެޅީ 2 ހެއްކެކެވެ.

ދައުލަތުން ހުށަހެޅި ދައުވާއަށާއި އެ ދައުވާ ބިނާކުރި ވާޤިއާތަކަށާއި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި ގަރީނާތަކަށް ބަލާއިރު، މި ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު، ކުރިއަށް ގެންދެވިދާނެ ދައުވާއެއްކަމަށް ޝަރިއަތުން ކަނޑައަޅާފައިވެއެވެ.

މި ދައުވާއާއި ގުޅިގެން އިއްވި ހުކުމުގައި ބުނެފައިވަނި މި ދެމީހުންގެ މައްޗަށް އުފުލާފައިވާ މީހަކަށް ނުރައްކާތެރި ހާނިކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއަށް ނިޝާހު އާއި ޝައިބާން އިންކާރުކުރުން، ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި ގަރީނާއިން ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް މި ކުށް ޝަރީއަތަށް ސާބިތުވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުން ނިޝާހު އަދި ޝައިބާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ނިޝާހު އާއި ޝައިބާން 10 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ. އަދި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް ނިޝާހުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޒުކުރަން ޖެހޭނީ 5 އަހަރާއި 8 މަހާއި 11 ދުވަސް ކަމަށް އަދި ޝައިބާންގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޒުކުރަންޖެހޭނީ 5 އަހަރާއި 8 މަހާއި 10 ދުވަސް ކަމަށް ކަނޑައަލައި ހުކުމްކުރާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު