Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަރުވިކަމަށް ބުނާ މީހަކު ފެނުން

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

ދީޕަކް ކަމަށް ހީކޮށްގެން އަންދާލީ އިރުޝާދު ނަމަކަށް ކިޔާމީހެއްގެ ހަށިގަނޑު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2023 | ހުކުރު 06:40
މަރުވިކަމަށް ބުނެ ޖަނާޒާ ބޭއްވި މީހާ

މަރުވިކަމަށް ބުނެ ޖަނާޒާ ބޭއްވި މީހާ

މަރުވެފައިވާ މީހަކު މަގުމަތިން ފެނުމަކީ ފުލުހުންނަށް އާންމުކޮށް ނުފެންނަ އަޖައިބުކުރުވާނެ މަންޒަރަކަށް ވެގެންދާނެއެވެ. އެހެންނަމަވެސް އިންޑިއާގެ ފުލުހުން ދަނީ މިފަދަ ކަމެއް ތަހުގީގުކުރަމުންނެވެ.

އިންޑިއާގެ 36 އަހަރުގެ ފިރިހެނެއް އޭނާ މަރުވިކަމަށް ކަނޑައެޅިތާ 8 މަސް ފަހުން ވަނީ ހެޔޮ ހާލުގައި ހުއްޓާ ފެނިފައެވެ. ސަބަބަކަށްވީ އޭނާ ކަމަށް ހީކޮށް އޭނާގެ އާއިލާއިން އެހެން މީހެއްގެ ޖަނަޒާ ބޭއްވުމުންނެވެ.

ގޯއާގެ މަރގައޯ އަވަށުން 36 އަހަރުގެ ދީޕަކް ބަލާކްރިޝްނާ ފެނުނީ ހޮޓަލެއްގެ ތެރެއިންނެވެ. އަދި އޭނާ ކެރެލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ދީޕަކް ގެއްލިގެން ހޯދަން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެއްޕައްޔޫރ އަވަށުންނެވެ. އެއީ އޭނާ މަރުވިފަހުން ފެނުނު މަރްގާއޯ އާއި ދެކުނުން 540 ކިލޯމީޓަރުގެ ދުރުގައި އޮންނަ އަވަށެކެވެ.

ދީޕަކް ގެއްލިގެން ފުލުހުންނަށް ހުށަހެޅުނު ފަހުން ޖުލައި 17 ވަނަ ދުވަހު ކެރެލާގެ ގޮނޑުދޮށުން މީހެއްގެ ހަށިގަނޑެއް ފެނި އެއީ އޭނާކަމަށް ހީކުރެވުނެވެ.

ދީޕަކްގެ އާއިލާއިން އޭނާގެ ޖަނާޒާގެ ކަންކަން ނިންމިތާ ދުވަސްތަކެއްވި ފަހުން، ދީޕަކްގެ އާއިލާއިން އަންދާލާފައިވަނީ އެ ދުވަސްކޮޅު ގެއްލިގެން ހޯދަމުންދިޔަ، ކެރެލާގެ ޕަންތިރްކްކާރާއަށް ނިސްބަތްވާ އިރުޝާދު ނަކަމަށް ކިޔާ މީހެއްގެ ހަށިގަނޑުކަން އެނގުނެވެ.

އަންދާލި ހަށިގަނޑުން ޑީއެންއޭ ނަގައިގެން ޓެސްޓްކުރި އިރު އެންމެފަހުން އެނގުނީ އެއީ ދީޕަކް ނޫން ކަމެވެ. އަދި އޭގެ ފަހުން ދީޕަކް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައި، ފުލުހުންގެ ކްރައިމް ބްރާންޗުން އެ މައްސަލަ ތަހުގީގުކުރަން ފެށިއެވެ.

ދީޕަކް ހޯދުމުގެ މަސައްކަތުގެ ތެރެއިން އަންގާރަ ދުވަހު މަރގާއޯ އަވަށުގެ ފުލުހުން ހޮޓެލްތައް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ އަވަށުގެ ހޮޓަލެއްގެ ގެސްޓް ލިސްޓުގައި އަދަރ ނަންބަރު ނުވަތަ ތަފާތު އައިޑެންޓިޓީ ނަންބަރެއް އޮވެގެން ފުލުހުން އެކަން ބަލަން ފެށިއެވެ. އަދަރ ނަންބަރަކީ އިންޑިއާގެ ރައްޔިތުންނަށް ވެސް އަދި އެގައުމުގައި ދިރިއުޅެން ބޭނުންވާ ބޭރުގައުމުތަކުގެ ރައްޔިތުންނަށް ވެސް އާންމުކޮށް ދީފައި ހުންނަ އައިޑެންޓިޓީ ނަންބަރާއި ތަފާތު ނަންބަރެކެވެ.

އެ ހޮޓަލުން ދީޕަަކް ހައްޔަރުކޮށް ކެރަލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ.

ދީޕަކް ފުލުހުންނަށް ބުނެފައިވަނީ ގޯއާއަށް އެނބުރި އައުމުގެ ކުރިން ޖެއިޕުރް، ދިއްލީ އަދި ޕުންޖާބަށް ވެސް ދަތުރު ކުރި ކަމަށެވެ. އަދި ގޯއާގެ އަވަށެއް ކަމަށްވާ ބޮގްމަލޯގައި ބައެއް މަސައްކަތްތައް ވެސް ކުރަން އުޅުނު ކަމަށެވެ. ދީޕަކް މަރުވެއްޖެކަމަށް ހީކޮށް އޭނާގެ ޖަނާޒާ ބޭއްވިތާ 8 މަސް ފަހުން ފުލުހުންގެ ރާޑަރަށް އޭނާ އެރީ ހޮޓަލަށް ބަދަލުވި ފަހުންނެވެ.

މި ވާހަކައާއި ގުޅިގެން ރިޕޯޓަރުން އޭނާއާއި ސުވާލުކޮށް އޭނާގެ ޖަނާޒާ ބޭއްވިކަމަށް ބުނުމުން، އެއީ އެކަން އެނގުނު ހިސާބުކަމަށް ދީޕަކް ބުނެފައިވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު ވެސް އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށް ބުނެ އޭނާ ރޯންފެށިއެވެ.

އިންޑިއާގައި މިފަދަ ހާދިސާތައް ތަކުރާރުވެއެވެ. 2021 ވަނަ އަހަރު ވެސް އުމުރުން ދުވަސްވީ މީހަކު މަރުވިކަމަށް ހީކޮށްގެން އޮޅިގެން އަންދާނުލީ ކިރިޔާއެވެ.

ޝަކުންތަލާ ނަމަކަށް ކިޔާ މި އަންހެން މީހާ ކޮވިޑަށް ޕޮޒިޓްވެގެން ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުގެ ވޯޑް ފުލްވެފައި ހުރުމުގެ ސަބަބުން އޭނާއަށް ފަރުވާ ނުދީ ފޮނުވާލިކަމަށްވެއެވެ. އަދި އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ޝަކުންތަލާ ހޭނެތިގެން ވެއްޓުމުން މަރުވިކަމަށް ހީކޮށް އޭނާގެ ޖަނާޒާގެ ކަންކަން ފެށިއެވެ.

އަދި އަންދާލަން ރޯކޮށްލިތަނާ ޝަކުންތަލާއަށް ހޭވެރިކަން އައިސް ރޯކޮށްފައިވާ ދަރުތަކުގެ ތެރެއިން ތެދުވެ ސިހުމެއްގެ ތެރޭގައި ހުރެ ރޯން ފެށިއެވެ. އަދި ފަހުން ފަރުވާއަށް އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރީޒް "ސްކެންޑަލް" އެއްކޮށް ނިންމާލަނީ

ސީރީޒް "ސްކެންޑަލް" އެއްކޮށް ނިންމާލަނީ

17 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
"ބޫމީ"ގެ ޝޫޓިން ނިންމާލައިފި

"ބޫމީ"ގެ ޝޫޓިން ނިންމާލައިފި

27 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު