Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް

ޕެނަލްޓީގައި ޣާޒީ ސްކޫލް ބަލިކޮށް ގުރައިދޫ ސްކޫލް ސެމީ ފައިނަލަށް، ތާޖުއްދީން ބަލިކޮށް ކަލާފާނު ވެސް ސެމީ ފައިނަލަށް

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ ސްކޫލާއި، ކަލާފާނު ސްކޫލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2023 | ހުކުރު 01:57
ކުއާޓާ ފައިނަލްގައި ޣާޒީ ސްކޫލާއި ގުރައިދޫ ސްކޫލް ކުޅުނު މެޗުގެ ތެރެއިން

ކުއާޓާ ފައިނަލްގައި ޣާޒީ ސްކޫލާއި ގުރައިދޫ ސްކޫލް ކުޅުނު މެޗުގެ ތެރެއިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޣާޒީ ސްކޫލް ބަލިކޮށް، ގުރައިދޫ ސްކޫލް އިން ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގުރައިދޫން ކާމިޔާބުކުރީ ޕެނަލްޓީގައި ޣާޒީ ސްކޫލްގެ މައްޗަށް 7-6 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 2-2 އިން އެއްވަރުވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޣާޒީ ސްކޫލް އިންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަޙުމަދު އަޒްލާން އަލީ އެވެ. އޭގެ ތިން މިނެޓު ފަހުން ގުރައިދޫގެ ޙަސަން ރަޒާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ގުރައިދޫގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ހޯދައިދިނީ މެޗުގެ 20 ވަނަ މިނެޓުގައި މޫސާ އައިލަމް އެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ޣާޒީ ސްކޫލް ސަލާމަތްކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖެހި އަޒްލާން އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގުރައިދޫން ވަނީ ފަސް ޕަނެލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ ގުރައިދޫގެ ރަޒާން އާއި އައިލަމްގެ އިތުރުން ވިކާޝް އަޙުމަދާއި، މުޙައްްމަދު އައިކް އަލީ އަދި ޝައުލަން ސުހައިލްގެ ޕެނަލްޓީތަކެވެ. ޣާޒީ ސްކޫލަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އެއީ އަޒްލާންގެ އިތުރުން، މުޙައްމަދު އުނައިޝް ބިން ނޫޙާއި، މުޙައްމަދު އައިހަމް އިބްރާހީމް އަދި ޝަންމާން ސަމީރުގެ ޕެނަލްޓީ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ކުއާޓާ ފައިނަލް މެޗުގައި ކަލާފާނު ސްކޫލް އިން ވަނީ 1-0 އިން ތާޖުއްދީން ސްކޫލް ބަލިކޮށް، ސެމީގެ ދެ ވަނަ ޖާގަ ޔަގީންކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު 33 ވަނަ މިނެޓުގައި ޖެހީ ކަލާފާނުގެ މުޙައްމަދު މީކާއީލް އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ ސްކޫލާއި، ކަލާފާނު ސްކޫލް އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު