Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަނިޔާގެ ސަބަބުން އެމްބާޕޭ ކުޅުމާ ދުރަށް، ޕީއެސްޖީ އަށް ބޮޑު ނުތަނަވަސްކަމެއް

އަނިޔާގެ ސަބަބުން މަސްގަނޑުގެ ޓިޝޫތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2023 | ހުކުރު 01:55
ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރޭގައި އެމްބާޕޭ

ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރޭގައި އެމްބާޕޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޒުވާން ކީލިއަން އެމްބާޕޭ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އެމްބާޕޭ އަށް އަނިޔާވެފައި ވަނީ ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން މޮންޓްޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އެމްބާޕޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އަނިޔާ އަށް ފަހު ޕީއެސްޖީން ކުރިއަށްގެންދިޔަ މެޑިކަލް ޓެސްޓުތަކަށްފަހު ބުނީ އެމްބާޕޭ ކުޅުމާ ދުރުގައި ތިން ހަފްތާ ވަންދެން ހުންނަން ޖެހޭނެ ކަމަށެވެ. އެމްބާޕޭ އަށް ލިބުނީ ފައިގެ ކުޑަކަޅުވާ މަސްގަނޑުގެ އަނިޔާއެއް ކަމަށް މެޑިކަލް ރިޕޯޓުތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އަނިޔާގެ ސަބަބުން މަސްގަނޑުގެ ޓިޝޫތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ތިން ހަފްތާ އަށް އެމްބާޕޭ ކުޅުމާ ދުރަށް ދާން ޖެހުމަކީ ޕީއެސްޖީ އަށް ލިބޭނެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޚާއްސަކޮށް އޭނާ ރަނގަޅު ފޯމެއްގައި ހުއްޓާ އަނިޔާވުމުންނެވެ. މީގެ އިތުރުން ޕީއެސްޖީ އަށް ކުރިއަށް އޮތީ މުހިންމު މެޗުތަކަކެވެ. އަނިޔާގެ ސަބަބުން އެމްބާޕޭ އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީން ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ. ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބަޔާނާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު އެ ޓީމުގެ އަމިއްލަ ދަނޑުގަ އެވެ. މީގެ އިތުރުން އެމްބާޕޭ އަށް ގެއްލޭނެ ކަމަށް ބެލެވޭ މެޗުތަކުގެ ތެރޭގައި ފްރެންޗް ކަޕްގައި ޕީއެސްޖީން ވާދަވެރި މާސޭއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެ އެވެ. އަދި ފްރާންސް ލީގުގައި މޮނާކޯ، ލީލް، މާސޭއާ ދެކޮޅަށް ކުޅޭ މެޗު ވެސް އެމްބާޕޭ އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނުއިރު އެމްބާޕޭ އައީ މި ސީޒަންގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. ސީޒަންގެ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 26 މެޗުގައި އޭނާ ވަނީ 25 ލަނޑު ވެސް ޖަހައިފަ އެވެ. މީގެ އިތުރުން ފްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ވެސް އެމްބާޕޭ އެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު