Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމުން ސްޓެލްކޯ އަށް ދައްކަން ޖެހޭ ފައިސާ އަށް ޒިންމާ ނެގީ ޔޫތު މިނިސްޓްރީން

އެފްއޭއެމް އިން ސްޓެލްކޯ އަށް ދައްކަން ޖެހޭ ކަރަންޓު ބިލުގެ އަދަދަކީ 6.5 މިލިއަން ރުފިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 02:25
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައްސާމް ވަނީ ހިޔާނާތުގެ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައްސާމް ވަނީ ހިޔާނާތުގެ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސްޓެލްކޯ އަށް ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގައިފި އެވެ.

އެފްއޭއެމްގެ ކަރަންޓު ބިލްތަކުގެ މައްސަލަ ބޮޑުވެ ސްޓެލްކޯ އިން ވަނީ ދާދި ފަހުން އެފްއޭއެމް ހައުސް އިން ކަރަންޓު ވެސް ކަނޑާލައިފަ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން އޭރު ވެސް ބުނަމުން އައީ އަލުން އަނބުރާ ކަރަންޓު ދޭނީ ބިލްތަކަށް ފައިސާ ދެއްކުމުން ކަމަށެވެ. އެފްއޭއެމް އިން ސްޓެލްކޯ އަށް ދައްކަން ޖެހޭ ކަރަންޓު ބިލުގެ އަދަދަކީ 6.5 މިލިއަން ރުފިޔާ އެވެ. އެ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަރީފް ހާމަކުރެއްވީ ބުދަ ދުވަހު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޝަރީފް ވިދާޅުވީ އެފްއޭއެމްގެ ކަރަންޓު ބިލްތަކުގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ހައްލު ކުރެވުނީ އެފްއޭއެމާއި، ޔޫތު މިނިސްޓްރީއާއެކު އެ ކުންފުނިން ކުރިއަށް ގެންދިޔަ މަޝްވަރާތަަކަށްފަހު ކަމަށެވެ. އެ ބައްދަލުވުމުގައި އެފްއޭމުން ދައްކަން ޖެހޭ ފައިސާތަކަށް ޒިންމާ ނަގާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޔޫތު މިނިސްޓްރީއާއެކު ޕޭމަންޓް ޝެޑިއުލް ހެދުމުގެ މަސައްކަތް ކަމަށެވެ. ޝަރީފް ވިދާޅުވީ މިހާރު އެފްއޭއެމްގެ އެއްވެސް އިމާރާތަކުން ނުވަތަ ތަނަކުން ކަރަންޓު ކަނޑާލާފައި ނުވާނެ ކަމަށެވެ. އަަދި ކުރިން ކަރަންޓް ކަނޑާލާފައިވާ ތަންތަނަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެކަން އެގޮތަށް ކުރީ ސަރުކާރުގެ އިދާރާއަކުން އެކަމުގެ ޒިންމާ ނަގަން އެއްބަސްވުމުން ކަމަށެވެ.

ސްޓެލްކޯ އިން އެފްއޭއެމްގެ ހައުސް އިން ކަރަންޓު ކަނޑާލުމުން އެ އެސޯސިއޭޝަނުން ވަނީ ހަމަ އެ ދުވަހު ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ފާއިތުވި އެކި މުއްދަތުގެ ތެރޭގައި އެ އިދާރާގެ ހައުސް ވަނީ ތަފާތު އެކި ފަރާތްތަކަށް އެކި ކަންކަމުގައި ބޭނުންކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި 2020 ވަނަ އަހަރު ބޭނުން ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މިހާރު ވެސް ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެފްއޭއެމުން ބުނީ އެ ފަރާތްތަކުން އެ އިމާރާތް ބޭނުންކުރާއިރު ކަރަންޓު ބިލާއި، ފެން ބިލަށް އަރާ ފައިސާއަކީ އެ އިދާރާއިން ދައްކަން ޖެހޭ ފައިސާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ކަރަންޓު ބިލު ނުދައްކައިގެން އެފްއޭއެމާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނީ 2019 ވަނަ އަހަރާ ހަމަ އަށް ސްޓެލްކޯގެ އިހުމާލުން 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ޚަރަދަށް ބިލުކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ވެސް އިއުތިރާފުވެފައިވާނެ ކަމަށެވެ. އެ މައްސަލައިގައި އަދިއަދާ ހަމަ އަށް ވެސް ސްޓެލްކޯގެ އެއްބާރުލުން ނުލިބޭ ކަމަށާއި، އެކަމުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރަނީ ދެ ފަރާތުގެ މަޝްވަރާއިން މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެފްއޭއެމުން ބުނީ އެ އަދަދުތަކަކީ އެ އެސޯސިއޭޝަނުން ޒިންމާވާން ޖެހޭ އަދަދުތަކެއް ނޫން ކަމަށެވެ. އަދި އެ އަދަދު އެއް ފަހަރާ ދެއްކުމަށް ޑިމާންޑުކޮށް، ކަރަންޓު ކަނޑާލާފައިވަނީ އެ އިދާރާގެ ފަންގިފިލާއިން އެކަނި ކަމަށެވެ. އެ ތަނުގައި ހުރި ސަރުކާރުގެ އެހެން ފަންގިފިލާތަކުން ކަރަންޓު ބިލު ނުދައްކާ އޮތް ކަމަށާއި، ނަމަވެސް އެ ތަންތަނުން ކަރަންޓު ކަނޑާލާފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމުން ވަނީ އެ ބަޔާނުގައި ސަރުކާރު ވެސް ގޯސްކޮށްފައެވެ. އެގޮތުން ކުޅިވަރު ދަނޑުތަކާއި ކޯޓުތަކަކީ އެތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އަންނަ ތަންތަނަށްވީ ނަމަވެސް، މާފަންނު ޓާފް ދަނޑުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އެފްއޭއެމުން ކަމަށް ބުނެފައިވެއެވެ. އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަން ފިޔަވައި ރާއްޖޭގެ ކުޅިވަރު އެހެން އެސޯސިއޭޝަންތަކަށް ސަރުކާރުން އެ އެހީ ފޯރުކޮށްދޭ ކަމަށް ބުނެފައެވެ. އެފްއޭއެމުން ބުނީ ކަރަންޓު ކަނޑާލާފައިވަނީ ސްޓެލްކޯގެ އިހުމާލުން، ޤަވާއިދާ ޚިލާފަށް ބިލުކުރި އަދާދާއި، ދިވެހި ސަރުކާރުގެ ބޭނުންތަކަށް އިމާރާތް ބޭނުން ކުރި މުއްދަތުގައި ކަރަންޓަށް ހިނގާފައިވާ ޖުމުލަ އަދަދު ކަނޑައަޅައި، އެފްއޭއެމުން ޒިންމާ ނަގަން ނުޖެހޭ އެތައް ކަމެއް މަތިކޮށްފައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު