Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޒާހަތްތެރިކަމާ ގުޅޭ އެމްއޯޔޫ

ނަޒާހަތްތެރިކަން ފެށެނީ އިހުތިރާމުން: ހަނަފީ

ކޮރަޕްޝަން ހުއްޓުވުުމުގައި ދެ މުއައްސަސާ އެއްކޮށް މަސައްކަތް ކުރެވިދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2023 | ބުދަ 08:54
އޭސީސީއާ އިމިގްރޭޝަނާމެދު އެމްއޯޔޫއެއްގައި ސޮއިކުރުން

އޭސީސީއާ އިމިގްރޭޝަނާމެދު އެމްއޯޔޫއެއްގައި ސޮއިކުރުން

ނަޒާހަތްތެރިކަން ފެށެނީ އިހުތިރާމުން ކަމަށާއި އެގޮތުން ނަޒާހަތްތެރި މީހަކު އިހުތިރާމު ކުރާނެ ކަންތައްތަކެއް ހުންނާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ އެހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ނަޒާހަތްތެރިކަމާގުޅޭ އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަނަފީ ވިދާޅުވީ، އިމިގްރޭޝަން ފަދަ މުއައްސަސާއެއްގައި އެންމެ މުހިންމީ ކޮން ކަންކަމެއްތޯ ބަލާލަން ޖެހޭ ކަމަށެވެ. އެގޮތުން ޤައުމަށް ޚިދުމަތް ކުރުމަށް ނުކުންނައިރު، ކުރަންޖެހެނީ ކޮން ކަމެއްތޯ ވިސްނާލަން ޖެހޭކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ނަޒާހަތްތެރިވުމެވެ.

ހަނަފީ ވިދާޅުވީ، ކިތަންމެ މައްޗަށް ތައުލީމު ޙާސިލުކޮށްފައިވާ މީހެއް ނަމަވެސް، އެމީހެއްގެ ކިބައިގައި ނަޒާހަތްތެރިކަމެއް ނެތްނަމަ، އެމީހަކީ މުޖުތަމައުގައި އެއްވެސް މީހަކަށް ނުވާ ޙާލަތްތައް އަންނަ ކަމަށެވެ.

ހަނަފީ ވިދާޅުވީ، ނަޒާހަތްތެރިކަން ފެށެނީ އިހުތިރާމުން ކަމަށެވެ. އެގޮތުން ނަޒާހަތްތެރި މީހަކު އިހުތިރާމު ކުރާނެ ކަންކަމަށްވެސް ހަނަފީގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.

ބުދަ ދުވަހު ސޮއި ކުރެވިގެން ދިޔަ އެމްއޯޔޫއަކީ އެ މަސައްކަތުގައި ގެތިގެން ދިޔަ މުހިންމު ބޮޅެއްގެ ގޮތުގައި ހަނަފީ ވަނީ ސިފަ ކުރައްވާފައެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުުމުގައި ދެ މުއައްސަސާ އެއްކޮށް މަސައްކަތް ކުރެވިދާނެކަމަށް ހަނަފީ ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުންމަތީ އެ އިދާރާ ދެމި އޮންނާނެކަމަށް ހަނަފީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 މެއި 2019

މަކަރާ ހީލަތުން ރާއްޖެއަށް މީހުން އެތެރެކުރި އެންމެން ހޯދާނަން: ހަނަފީ

21 މެއި 2019
މަކަރާ ހީލަތުން ރާއްޖެއަށް މީހުން އެތެރެކުރި އެންމެން ހޯދާނަން: ހަނަފީ
01 މެއި 2019

ބޮޑު އިސްކަމެއް ދެނީ ގައުމުގެ ސަލާމަތަށް، އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިން: ހަނަފީ

01 މެއި 2019
ބޮޑު އިސްކަމެއް ދެނީ ގައުމުގެ ސަލާމަތަށް، އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިން: ހަނަފީ
03 އެޕްރީލު 2019

ކަޅު ދުވަސްތަކަކަށް ފަހު މި ފެށެނީ އުއްމީދީ ފެށުމެއް، މާޔޫސް ނުވޭ: ރައީސް ސޯލިހް

03 އެޕްރީލު 2019
ކަޅު ދުވަސްތަކަކަށް ފަހު މި ފެށެނީ އުއްމީދީ ފެށުމެއް، މާޔޫސް ނުވޭ: ރައީސް ސޯލިހް
06 ޖެނުއަރީ 2019

މަޖިލީހުގެ ނަޒާހަތްތެރިކަން އިންތިހާއަށް އޮތީ ގެއްލިފައި: ނަޝީދު

06 ޖެނުއަރީ 2019
މަޖިލީހުގެ ނަޒާހަތްތެރިކަން އިންތިހާއަށް އޮތީ ގެއްލިފައި: ނަޝީދު
23 ޑިސެމްބަރު 2018

އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހަނަފީ އައްޔަންކޮށްފި

23 ޑިސެމްބަރު 2018
އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހަނަފީ އައްޔަންކޮށްފި
27 މެއި 2018

ވަކި މީހަކު ބުނި ގޮތަށް ހުކުމް ކުރި ފަނޑިޔާރުގެ ނަޒާހަތްތެރިކަން ނުގެއްލޭ: ދައުލަތް

27 މެއި 2018
ވަކި މީހަކު ބުނި ގޮތަށް ހުކުމް ކުރި ފަނޑިޔާރުގެ ނަޒާހަތްތެރިކަން ނުގެއްލޭ: ދައުލަތް
22 މާރިޗު 2018

މުޒާހަރާ ނުފެށެނީސް ރޫޅާލައިފި

22 މާރިޗު 2018
މުޒާހަރާ ނުފެށެނީސް ރޫޅާލައިފި
07 މާރިޗު 2018

ނަޒާހަތްތެރިކަން އިތުރުކޮށް، ޑިމޮކްރަސީއަށް ތަބާވުން ވާޖިބަކަށް ވާންޖެހޭ: ނާއިބު ރައީސް

07 މާރިޗު 2018
ނަޒާހަތްތެރިކަން އިތުރުކޮށް، ޑިމޮކްރަސީއަށް ތަބާވުން ވާޖިބަކަށް ވާންޖެހޭ: ނާއިބު ރައީސް
31 ޖުލައި 2017

ޖަލްސާ ނުފެށެނީސް މަޖިލީހަށް ސަލާމަތީ ބާރުތަކުން ނުވަދެވޭނެ: އިބޫ

31 ޖުލައި 2017
ޖަލްސާ ނުފެށެނީސް މަޖިލީހަށް ސަލާމަތީ ބާރުތަކުން ނުވަދެވޭނެ: އިބޫ
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް