Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19އާއެކު 3 އަހަރު

ކޮވިޑް-19އާއެކު 3 އަހަރު: އަދިވެސް ޞިއްޙީ އާންމު ނުރައްކަލުގެ ދަރަޖައިގައި!

ޗައިނާއިން މިކަން ގެނައީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 14:18
ކޮވިޑް-19އާއެކު 3 އަހަރު: އަދިވެސް ޞިއްޙީ އާންމު ނުރައްކަލުގެ ދަރަޖައިގައި

ކޮވިޑް-19އާއެކު 3 އަހަރު: އަދިވެސް ޞިއްޙީ އާންމު ނުރައްކަލުގެ ދަރަޖައިގައި

ކޮރޯނާވައިރަހުގެ އާ ވައްތަރެއްގެ ރޯގާއެއް އުފެއްދި، އެ ރޯގާގެ ކޭސްތައް، ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް، ޗައިނާއިން މިކަން ގެނައީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު މި ބައްޔަކީ ނިއުމޯނިއާގެ އާ ސްޓްރެއިން އެއް ނުވަތަ ބާވަތެއް ކަމަށް ސިފަކުރިއެވެ. ފެންނަމުން ދިޔަ އާ ބައްޔަށް، އޭރު އަދި ނަމެއް ނުދެއެވެ.

އަލަށް ފެތުރެމުން ދިޔަ ވައިރަހުގެ ޖެނެޓިކް ސީކުއަންސް މައުލޫމާތު، ޗައިނާގެ ސައެންސްވެރިންނަށް އެއްކުރެވުނީ ވިދިގެން އައި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޓެސްޓު ކިޓްތައް އުފެއްދިއެވެ. އަދި ޑަބްލިއުއެޗްއޯއާ ހިއްސާ ކުރިއެވެ. ވައިރަހުގެ ފުރަތަމަ ކޭސްތައް ޑަބްލިއުއެޗްއޯއަށް ރިޕޯޓްކުރިތާ އެންމެ 11 މަސް ދުވަހުގެ ތެރޭގައި، އެތައް ސަތޭކަ ހާސް ބަޔަކަށް ވެކްސިން ދޭން ފަށައިފިއެވެ. ފަންނީ އަދި ސައެންސްގެ ތާރީހު މުގުރަމުންނެވެ.

އެހާތަނާ ޖެހުނުއިރު ބައްޔަށާއި، ބަލި ޖައްސަވާ ވައިރަހަށް ނަންވެސް ދީފިއެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ ނަން ދީފައި ވައިރަހުން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ބެހޭ މައުލޫމާތު ބަލާ، ހޯދާ، ދެނެގަންނަމުންދިޔައީ ދުނިޔޭގެ ސައެންސްގެ ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމުތަކުން ކަންބޮޑުވާން ޖެހޭ ދަރަޖަ ނުވަތަ "ޕަބްލިކް ހެލްތު އިމަރޖެންސީ"އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަސް ނިމެންދަނިކޮށެވެ.

އޭގެ ފަހުން 3 އަހަރު ފާއިތުވެ ދިޔައިރުވެސް ދުނިޔެއިން ކޮވިޑް-19 ފިލާ ނުދެއެވެ. ބަލީގެ ވަރުގަދަ ރާޅުތައް ދޭތެރެ ދޭތެރެއިން ބިންދަމުން ދާއިރު، އެ ބަލި އޮބުނީއޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. ނަމަވެސް، އެ ގޮތުގައި މާ ގިނަ ދުވަހެއް ނުވެ، ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް އަނެއްކާވެސް ރާޅެއް ބިންދާލައެވެ. އެފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް، ޖެނުއަރީ 30 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން އަނެއްކާވެސް މި ވަނީ އެ އިދާރާގެ ރަޢުޔު އިއްވާފައެވެ. ކޮވިޑް-19 އަދިވެސް އޮތީ ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދަރަޖާގައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. މި ދަރަޖައަކީ ބަލިމަޑުކަމަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން އިއުލާން ކުރާ އެންމެ މަތީ ގިންތީގެ އެލަރޓް ދަރަޖައެކެވެ.  

ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ބަދަލުވުމުގެ މަރުހަލާއާ ހިސާބަށް ބަލިމަޑުކަން ގޮސްފައިވުން ގާތް ކަމަށާ، ބަލިމަޑުކަމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަކުން ސަލާމަތްވުމަށްޓަކާ ފަރުވާތެރިކަމާއެކު މިކަމާ ކުރިމަތިލުން އަދިވެސް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅިތާ 3 އަހަރު ފާއިތުވެ ގޮސްފައި ވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލީގައި މަރުވި މީހުންގެ ޢަދަދު، 6.8 މިލިއަނަށް އަރައެވެ. ވައިރަހުގެ ވަކި ހިއްޕާނުލާ ހަމަ އެންމެ ޤައުމެއްވެސް ނެތެވެ. އިޤްތިޞާދުތައް އެފުށް މިފުށަށް ޖަހާ، ޤައުމުތައް އިނދަޖައްސާ، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ.  

އަދުގެ ހާލަތަށް ބަލާއިރުވެސް ބަލީގެ ކޭސް ނަމްބަރުތަކާއި ބަލީގައި މަރުވާ މީހުންގެ ޢަދަދުތަކުން އެދެވޭ މެސެޖެއް ލިބޭ ގޮތެއް ނުވެއެވެ.

ކަން މިހެން އޮތް ނަމަވެސް، 2020 ވަނަ އަހަރާ އަޅާ ބަލާއިރު އާންމު ހާލަތު ވަނީ ރަނގަޅުވެފައެވެ. ވެކްސިންއާއި ފަރުވާގެ އެހީގައި ކޮންމެވެސް ވަރެއްގެ އެދެވޭ ބަދަލުތަކެއް އާންމު ދިރިއުޅުމަށް ވަނީ ފޯރަން ފާށަފައެވެ. ބައިނަލްއަޤުވާމީ ފެންވަރެއްގައި މިކަންކަން ފުރިހަމަ ކުރެވެމުން ދާ ކަމުގައި ވަނީ ނަމަ، މި އަހަރު ނިމޭއިރު، ކޮވިޑް ބަލިމަޑުކަން، ކުއްލި ނުރައްކަލުގެ ދަރަޖައިން އެހެން ގިންތިއަކަށް ބަދަލު ކުރެވިދާނެ ކަމުގެ ޢުއްމީދު އެބަ އޮތް ކަމަށް، ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހުރިހާ ކަމެއް މި ގޮތަށް ހުރި އިރު، ސާސްކޮވް-2ގެ އަސްލު ފެށުމަކީ ކޮބައިތޯ ކުރެވޭ ސުވާލަށް، އަދިވެސް ފުރިހަމަ ޖަވާބެއް ލިބޭ ގޮތް އޮތީ ނުވެފައެވެ. ޗައިނާއިން ވަކާލާތު ކުރަމުން ދަނީ، މި ވައިރަހުގެ އަސްލަކީ ޗައިނާ ނޫންކަން ސާބިތު ކޮށްދިނުމަށެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެ ޤައުމަށް އަމާޒު ކުރާ ސިލްސިލާ އިލްޒާމުތަކަށް، އެ ޤައުމުން ދަނީ ސާބިތު ކަމާއެކު އިންކާރުވެސް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު