Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނާތުގެ މައްސަލައިން ގާޒީ ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 14 ފެބްރުއަރީ 2023 ގެ 13:00 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 09:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މީގެ ކުރިން އަދީބުގެ ވަކީލެއްގެ ގޮތުގައި އަލީ ނަދީމް މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކުރައްވައި މި މައްސަލައިގެ ދިފާއީ ވަކީލަކު ވަނީ ގާޒީ އަލީ ނަދީމް މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް އެދިލައްވާފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ، މި މައްސަލައިން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށާއި، މައްސަލައިގެ ތަހުގީގު މަރުޙަލާއިން ފެށިގެން، ދައުވާ ހުށައެޅުމަށްފަހުވެސް މައްސަލައާ ގުޅޭ ކަމެއްގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މި މައްސަލައިގައި އަދީބު ހެކިބަސް ދެއްވާނަމަވެސް، މައްސަލަ ނިމިގެންދާ ގޮތުން އަދީބުގެ މަސްލަަޙަތަކަށް އަސަރެއް ނޯންނާނެކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ކުރެވުނު އެއްވެސް ކުށަކާ ގުޅިގެން ކޯޓަށް ވަޑައިގެންފައި ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ޖިނާއީ ކުށަކާ ގުޅިގެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.

ވަކީލެއްގެ ގޮތުގައި އުޅުއްވާފައިވާނީ އޭނާގެ ބަންދު އިސްތިއުނާފު ކުރުމާ ބެހޭ މައްސަލައެއްގައި އެކަނި ކަމަށާއި، ވުމާއެކު މަސްލަހަތު ފުށުއަރާ ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.  

ގާޒީ އަލީ ނަދީމް ވަނީ މައްސަލައިގެ ޚަސްމުންގެ ހުށައެޅުންތަކާއި ގުޅިގެން ޝަރީއަތުން ސާފު ކުރަން ބޭނުންވާ ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ބައެއް ކަންކަން ގާޒީ ވަނީ ސާފު ކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސް ޔާމީނު ބައެއް ހެކިތައް ހާމަ ކުރުމަށް އެދިލައްވާފައިވާއިރު، އެ ހެކިތައް ދިފާއަށް މުހިންމުވަނީ ކޮން ކަމެއް ސާބިތު ކުރުމަށްތޯވެސް ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ.

ހަމައެއާއެކު، ދައުވާލިބޭ އެހެން ފަރާތްތައް ހުށައަޅާފައިވާ ދިފާއީ ހެކިތައް ރައީސް ޔާމީނަށް ބޭނުންފުޅުވެލައްވަނީ ކީއްވެތޯވެސް ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ.

ދައުލަތުން އައު ލިއުންތަކެއް ހުށަހަޅާފައިވާއިރު، ދިފާއަށްވެސް އެ ހުށަހެޅުންތަކަށް ރައްދު ދީ އައު ހުށަހެޅުންތަކެއް ހުށަހެޅުމަށް ފުރުސަތު ބޭނުންވާކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ގާޒީ ވިދާޅުވީ، އެފަދަ ހުށައެޅުމެއް ހުށައެޅުމުގެ ފުރުސަތު ދޭން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. ދެފަރާތުން އިފްތިތާޙީ ބަޔާން އިއްވާއިރު، އެކަންކަން ފާހަގަ ކުރުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދައުވާލިބޭ ފަރާތްތަކުން ވަނީ އަލަށް އެކުލަވާލެވުނު ހެއްކާބެހޭ ޤާނޫނުގެ އަލީގައި އަލުން ހެކި ހުށައަޅައި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތެއް ދެއްވުމަށް އެދިލައްވާފައެވެ. 

ގާޒީ ވިދާޅުވީ، ހެއްކާބެހޭ ޤާނޫނަށް އަމަލު ކުރަން ފެށިއިރު، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމުގެ މަރުޙަލާ އެއްކޮށް ނިމިފައިވާ ކަމަށެވެ. އަލުން ހެކި ހުށައެޅުމާއި ޝަރީއަތުގެ ކުރީގެ މަރުޙަލާ ފެށުމުގެ މާނައެއް ނެތްކަން ފާހަގަ ކުރައްވައި ގާޒީ އަލީ ނަދީމް ވިދާޅުވީ، ޝަރީއަތުގެ ކުރީގެ މަރުޙަލާގައިވެސް އެކަންކަން ފާހަގަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންނަމަވެސް، އިފްތިތާޙީ ބަޔާނުގެ ތެރެއިން އެފަދަ ވާހަކަ ހުށައެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ޔާމީނުގެ ވަކީލުން ދެކިލައްވައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 14 ފެބްރުއަރީ 2023 ގެ 13:00 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ހެކި ރައްކާތެރި ކުރުމުގެ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުމެވެ.

ރ ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 2 ދައުވާއެއް ވަނީ އުފުލާފައެވެ.

ޢަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށްވެސް ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް މި މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު