Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023

ޕާޓީގެ އުސޫލާއި ޤަވާއިދު ބަދަލުނުކޮށް ނަޝީދު އެދިވަޑައިގަންނަވާ ކަންކަން ކުރެވޭކަށް ނެތް: ފައްޔާޒު

30 ޖެނުއަރީ 2023 | ހޯމަ 08:12

"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދަން ނަޝީދު ބޭނުންފުޅުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖެނުއަރީ 2023 | ހޯމަ 08:12
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް

"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ފަށައި، ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓަކު ނެރުމަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމާމެދު އަލުން ވިސްނާވަޑައިގަތުމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އިންތިޚާބަކުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ކާމިޔާބުކުރައްވާފައި ވަނިކޮށް ހޯމަ ދުވަހު ރައީސް ނަޝީދު ވަނީ  ރައީސް ސާލިޙާއެކު 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަކަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ 39 ހާހަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށްފަހު، އެ މީހުންނާއެކު ގޮތެއް ނިންމުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކަށް ތާއީދު ކުރަން ފަސޭހަފުޅު ވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، ޕާޓީގެ އުސޫލާއި ޤަވާއިދު ބަދަލުނުކޮށް، އެކަން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން ޓިކެޓު ކާމިޔާބު ކުރާ ފަރާތަކީ ޕާޓީގެ ކެނޑިޑޭޓުކަން ފާހަގަ ކުރައްވައި ފައްޔާޒު ވަނީ އަލުން އެކަމާމެދު ވިސްނާވަޑައިގަތުމަށް އެދިލައްވާފައެވެ.

އޭގެ އިތުރުން، 39،000 މެންބަރުން ޕާޓީއަށް ވެއްދުމަށް މަސައްކަތް ކުރުން ރަނގަޅުކަން ފާހަގަކުރައްވައި ފައްޔާޒު އިތުރަށް ވިދާޅުވީ، މެއި މަހުން ފެށިގެން ޕާޓީގެ ސެކެޓްރިއޭޓުން އެކަން ކުރަމުން ދިޔައިރު ހުރިހާ ދާއިރާގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އެއްބާރުލެއްވުން ފުރިހަމައަށް ލިބިވަޑައިގެންނެވިނަމަ ރަނގަޅުވީސް ކަމަށެވެ. އޭރު ކުރި މަސައްކަތުން 6000 މެންބަރުން އަލުން ޕާޓީއަށް ވެއްދިފައިވާކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ބާކީ ތިބި 33،000 މެންބަރުން ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އަދިވެސް ރަނގަޅު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ވޯޓު ލީ މީހުންނަށް ބަލާއިރު، އިންތިޚާބުން މޮޅުވީ ރައީސް ސާލިޙުކަން އެމަނިކުފާނު ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގައި އޮޅުވާލުންތަކެއް ވެސް އެބަ ހުއްޓެވެ. އެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް ސާލިޙަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު އުނިވި ނަމަވެސް، ކުޑަ ފަރަޤަކުންވެސް އިންތިޚާބުގައި މޮޅުވާނީ ރައީސް ސާލިޙުކަމަށް ރައީސް ނަޝީދު ޤަބޫލުކުރައްވައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް