Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓިއުނީޝިއާގެ މަޖިލިސް އިންތިޚާބު

ޓިއުނީޝިއާގެ މަޖިލިސް އިންތިޚާބުގައި ވޯޓުލީ އެންމެ 11 އިންސައްތަ މީހުން!

ފުރަތަމަ ބުރުގައި ވޯޓު ލީ 11.2 އިންސައްތަ މީހުން، ދެވަނަ ބުރުގައި 11.3 އިންސައްތަ މީހުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ޖެނުއަރީ 2023 | ހޯމަ 02:26
ޓިއުނީޝިއާގެ މަޖިލިސް އިންތިޚާބު

ޓިއުނީޝިއާގެ މަޖިލިސް އިންތިޚާބު

ޓިއުނީޝިއާގައި އާދީއްތަ ދުވަހު ބޭއްވި އެ ޤައުމުގެ މަޖިލިސް އިންތިޚާބުގައި އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ކުޑަކަމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ މަރުކަޒުން ބުނެފިއެވެ.

އެ ޤައުމުގައި އާދީއްތަ ދުވަހު ކުރިއަށްދިޔައީ މަޖިލިސް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމެވެ. މި އިންތިޚާބުގައި ވޯޓުލާފައިވަނީ އެންމެ 11.3 އިންސަތަ މީހުން ކަމަށް އިލެކްޓޯރަލް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

މި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފުރަތަމަ ބުރުގައި ވެސް އާއްމުންގެ ފަރާތުން ލިބިފައިވަނީ ފިނި ތަރުހީބެކެވެ. އެގޮތުން ފުރަތަމަ ބުރުގައި ވޯޓުލީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ އާބާދީގެ 11.2 އިންސަތަ މީހުންނެވެ.

މަޖިލިސް އިންތިޚާބުގެ ދެވަނަ ބުރު ނިމުނުއިރު ވޯޓުލާފައިވަނީ އެންމެ 887،000 މީހުންނެވެ. އެ ޤައުމުގައި ވޯޓުލުމުގެ ޙައްގު ލިބޭ 7.8 މިލިއަން މީހުން އެބަތިއްބެވެ.

މި އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު އެތައް ގުނައެއް ދަށްވެފައިވަނީ އެ ޤައުމުގެ މައި ޕާޓީތަކުން އިންތިޚާބު ބޮއިކޮޓް ކުރުމުގެ ސަބަބުންނެވެ. މީގެ ސަބަބުން އެ ޤައުމުގެ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މިނިވަން ކެންޑިޑޭޓުން ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ޓިއުނީޝިއާގެ ރައްޔިތުން އެ ޤައުމުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ނުލާން ނިންމާފައިވަނީ ޤައުމުގެ ހާލަތު ދަށްވެ އެއްވެސް ކެންޑިޑޭޓަކަށް އިތުބާރު ނުކުރެވޭތީ ކަމަށް ދަނީ ބުނަމުންނެވެ. އަދި ޕާޓީތަކުން އިންތިޚާބު ބޮއިކޮޓް ކުރީ 2021 ވަނަ އަހަރު އެ ޤައުމުގެ ރައީސް މަޖިލިސް އުވާލައި އައު ޤާނޫނެއް އެކުލަވާލައްވާފައިވާތީއެވެ. އެމަނިކުފާނު އެކުލަވާލައްވާފައިވާ އައު ޤާނޫނުގައި ބުނާ ގޮތުން މަޖިލިހަކީ މިނިވަން ބާރެއް ނޫނެވެ. އެއީ ރައީސްގެ ބާރު ހިންގޭ އަދި އެމަނިކުފާނުގެ މަސައްކަތަށް އެއްބާރުލުން ދޭ ތަނަކަށް ވާން ޖެހޭނެއެވެ.

މީގެ އިތުރުން އައު ޤާނޫނުގެ ދަށުން މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ވާދައެއް ނުކުރެވެއެވެ. ކެންޑިޑޭޓުން ވާދަކުރަން ޖެހޭނީ އަމިއްލައަށެވެ. ޕާޓީތަކުން ކެންޑިޑޭޓުންނަށް ފަންޑުކުރުން ވެސް މަނާވާނެއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި

25 ސެޕްޓެމްބަރު 2017
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
05 އޯގަސްޓު 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި

05 އޯގަސްޓު 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި
04 އޯގަސްޓު 2017

ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!

04 އޯގަސްޓު 2017
ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
19 ޖުލައި 2017

އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު

19 ޖުލައި 2017
އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު