Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު

އަދަދަށްވުރެ އިތުރަށް މީހުން ވޯޓްލީކަމަށް ކުރާ ތުހުމަތަށް އިބުރޭގެ ރައްދު!

29 ޖެނުއަރީ 2023 | އާދީއްތަ 12:44

ވޯޓް ކަރުދާސް ޕްރިންޓްކުރީ މިފަހަރު 57،255 މެމްބަރުންނަށް ވާވަރަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖެނުއަރީ 2023 | އާދީއްތަ 12:44
އިންތިޚާބާބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިންތިޚާބާބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވޯޓްލާ ލިސްޓުގައިވާ މީހުންގެ އަދަދަށްވުރެ އިތުރަށް މީހުން ވޯޓްލީކަމަށް ކުރެވޭ ތުހުމަތަށް އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ރައްދު ދެއްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހީމް ވަހީދު ވިދާޅުވީ، އެއްވެސް މީހަކު އިތުރަށް ވޯޓް ނުލާކަމަށެވެ. އަދި ޕާޓީގެ ތެރޭގައި، ވޯޓްލާ މީހުން ރީ-ރަޖިސްޓްރީ ކުރުމުގެ އުސޫލު ޕާޓީގައި ނޯންނަ ކަމަށެވެ.

Advertisement - newsAdvertisement

އެތެރޭގެ އިންތިޚާބުގައި ވޯޓުލާ މީހާ ރީ-ރަޖިސްޓްރީކުރުން (ނުވަތަ ވޯޓުލާ ދުވަހު އެ މީހަކު ހުންނަ ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުން) ނޯންނަ ކަމަށެވެ. އޭގެތެރެއިން މާލޭގައި ތިބޭ މީހުންނާއި ރަށުގައި ތިބޭ މީހުން ވަކިކުރަން ނޭނގޭކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މީގެކުރީގެ އިންތިޚާބުތަކުގައި މާލެއާއި ރަށުގައި އެންމެންނަށް ވޯޓް ލެވޭވަރަށް ކަރުދާސް ބަހައްޓާ ކަމަށެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ވިސްނުނުކަމަށާއި ވޯޓް ކަރުދާހަކީ މެމްބަރުންނަށްވުރެ އިތުރަށް ޕްރިންޓް ކުރެވޭނެ އެއްޗެއް ނޫންކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ވޯޓް ކަރުދާސް ޕްރިންޓް ކުރީ މިފަހަރު 57،255 މެމްބަރުންނަށް ހަމަވާވަރަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގައި ބެހެއްޓި ވޯޓް ފޮއްޓަކަށް 117 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު، 200ށްވުރެ ގިނަ މީހުން ވޯޓްލައިގެން އުޅޭ މައްސަލައެއް ފެންމަތިވިކަން ފާހަގަކުރައްވައި އިބްރާހިމް ވަހީދު ވިދާޅުވީ، އެ ފޮށީގައި 847 މީހުންގެ ނަން އޮތް މެންބަރުންގެ ލިސްޓެއް އެބައޮތް ކަމަށާއި، އެއީ ރަށުގައި ތިބި މީހުންވެސް ހިމަނައިގެން ކަމަށެވެ. މިއީ މައްސަލައެއް ކަމަށާއި އަދި ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުންގެ ތެރެއިން މާލެއަށް ވޯޓްލާނީ 117 މީހުންކަމަށް އެއީ ކުރި އަންދާޒާއެއް ކަމަށާއި، އެފޮއްޓަށް ފަހުން ފޮނުވި ވޯޓް ކަރުދާސްތަކަކީ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ފޮނުވި ކަރުދާސް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ރަށްރަށުގެ ވޯޓް ކަރުދާހުން ކަރުދާސް އުނިކުރުމަށްފަހު މާލެއަށް ފޮނުވި ކަރުދާސްތަކެއް ކަމަށް ވިދާޅުވިއެވެ.

އެއްވެސް ހާލެއްގައި ޑަބަލްވޯޓިންގ ލައިގެން ނޫޅޭކަމަށާއި، ޕާޓީގެ ވެބްސައިޓުންވެސް މިހާރު ވަކިވަކިން އެ މައުލޫމާތު ފެންނާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ޖުލައި 2017

ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

01 ޖުލައި 2017
ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު
15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
20 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

20 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް