Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

ޖަލްސާ ކެންސަލްވި ކަމަށް މެސެޖުކޮށްފައިވަނީ ރާއްޖޭގެ ނަންބަރަކުން ނޫން، އެހެން މީޑިއަމެއް ބޭނުންކޮށްގެން: ކޮމިއުނިކޭޝަންސް އޮތޯރިޓީ

މި މައްސަލަ ބައްލަވައި ދެއްވުމަށް ފުލުހުންގެ ފަރާތުން އީވާ ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖެނުއަރީ 2023 | ހުކުރު 02:03
ފޯނެއް ހިފަހައްޓައިގެން

ފޯނެއް ހިފަހައްޓައިގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާ ކެންސަލްވި ކަމަށް ބުނެ ބައެއް އާންމުންނަށް މެޖެސްތަކެއް "އީވާ" ގެ ނަންމަތީގައި ގޮސްފައިވާއިރު އެ މެޖެސްތައް ކޮށްފައިވަނީ ރާއްޖޭގެ ފޯނު ނަންބަރަކުން ނޫން ކަމަށް މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ ވަކި ބޭފުޅެއްގެ ނަންބަރު ކަމަށް ފެންނަ ގޮތަށް އެސްއެމްއެސްތަކެއް ފޮނުވާފައިވާއިރު މި އެސްއެމްއެސްތަކަކީ އެ މީހަކަށް ނިސްބަތްވާ ނަންބަރުން ފޮނުވި މެޖެސްތަކެއް ނޫންކަން ކަށަވަރު ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޓެކް ދާއިރާގެ ބޭފުޅަކު ވިދާޅުވީ އެފަދަ ކަމެއް އެހެން މީޑިއަމްތައް ބޭނުންކޮށްގެން ހިންގިދާނެ ކަމަށާއި ވެބްބޭސް ކޮށްވެސް ކުރެވިދާނެ ކަމަށެވެ. މިހާރު އަގު ދައްކައިގެން ޓުވިޓަރ ވެރިފައި ކުރަންވެސް ބައެއްފަރާތަކަން ވެބްބޭސް ޔޫއެސް ނަމްބަރުތަކަށް ލައިގެން އެޕްސްޓޯރ ޔޫސްއަށް ބަދަލު ކުރާކަމަށް ވިދާޅުވިއެވެ.

ވެބްބޭސް ނަންބަރެއް ބޭނުންކޮށްގެން "ކޮންމެ މީހެއްގެ ނަންމަތީގައި ވެސް" އެގޮތަށް ފޭކް މެޖެސް ކުރެވޭނެއެވެ. އަދި އެއީ ވެބްޕޭސްޓް ނަންބަރުތަކަށްވާއިރު އެގޮތަށް މެޖެސް ކުރި ނަންބަރު ސީދާ ޓްރޭސް ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެ ނަންބަރު ޓްރޭސް ނުކުރެވުނު ނަމަވެސް މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީއަށް ރާއްޖޭގެ މޯބައިލް ނެޓްވޯކަކުން ކޮށްފައިވާ ނަންބަރުތައް ކަށަވަރު ކުރެވޭނެއެވެ.

މި ފޭކު މެސެޖުތަކާއި ގުޅިގެން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެބޭފުޅާގެ ނަމްބަރު ބޭނުންކޮށްގެން ރައީސް ނަޝީދުގެ ޖަލްސާ ކެންސަލްވެއްޖެ ކަމަށް ބުނެ ފޭކު އެސްއެމްއެސް ފޮނުވަމުންދާ ކަމަށެވެ. އަދި ކެމްޕޭނެއް މުޑުދާރުކޮށް ޒާތީ ކުރެއްވިޔަސް ބޮޑުވަރު ކަމަށް ވިދާޅުވެ، އީވާ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޓެގް ކުރައްވާފައެވެ.

މީގެއިތުރުން މި މައްސަލަ ބައްލަވައި ދެއްވުމަށް ފުލުހުންގެ ފަރާތުން ވެސް ވަނީ އެނާ ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު