Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ ރަށެއްގެ ހޮސްޕިޓަލުގެ މަސައްކަތް

ލ. ގަމާއި ގދ. ގައްދޫ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި ދެ ހޮސްޕިޓަލުގެ މަސައްކަތުގެ އަގަކީ €79,050,022.60 (ހަތްދިހަ ނުވަ މިލިއަން ފަންސާސް ހާސް ބާވީސް ޕޮއިންޓް ހައެއް ސުމެއް ޔޫރޯ)

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2023 | ބުރާސްފަތި 13:03
ލ. ގަމާއި ގދ. ގައްދޫގެ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ގަމާއި ގދ. ގައްދޫގެ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ގަމާއި ގދ. ގައްދޫގެ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ބުނިގޮތުގައި އެ ދެ ހޮސްޕިޓަލުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތްތައް ކަމަށެވެ. އެގޮތުން ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި، ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް، ސްޕޭންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އެ ކަމަށްޓަކައި ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަލްފާޟިލް އަހުމަދު އާދިލްއެވެ. އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ހޮމްޓް އެސްޕާނިޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާރޑޯ އޮލިވޭރިއާއެވެ.

އެއްބަސްވުމުގެ ދަށުން، ކޮންމެ ހޮސްޕިޓަލަކާ ގުޅިގެން ސްޓާފް އެކަމޮޑޭޝަން ބްލޮކް އެޅުމާއި، މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ހޮސްޕިޓަލުގެ މަސައްކަތުގެ އަގަކީ €79,050,022.60 (ހަތްދިހަ ނުވަ މިލިއަން ފަންސާސް ހާސް ބާވީސް ޕޮއިންޓް ހައެއް ސުމެއް ޔޫރޯ)އެވެ.

މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ންނެވެ. ލ. ގަމު ހޮސްޕިޓަލް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 36 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި ގދ. ގައްދޫ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ހަވާލުކުރީ 30 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ޕްރޮޖެކްޓަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު