Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ ތަރައްޤީ

މި ސަރުކާރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރުވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފި - ނިޒާރު

26 ޖެނުއަރީ 2023 | ބުރާސްފަތި 03:23

ސަރުކާރު އައިފަހުން ފަސިންޖަރުންނަށް ޚިދުމަތް ދޭން ފުރިހަމަކުރަން ޖެހޭ ގިނަ ކަންކަން ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2023 | ބުރާސްފަތި 03:23
އަލީ ނިޒާރު

އަލީ ނިޒާރު

މި ސަރުކާރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރުވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެއާޕޯޓަށް އިތުރު ވަސީލަތްތައް ގެނެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ފަސޭހަވާނެ އިންތިޒާމްތަކެއް ހަމަޖައްސާދީފައިވާ ކަމަށެވެ. މި ސަރުކާރު އައިފަހުން ފަސިންޖަރުންނަށް ޚިދުމަތް ދޭން ފުރިހަމަކުރަން ޖެހޭ ގިނަ ކަންކަން ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެއާޕޯޓުގެ މަސައްކަތް އެވޯޑްކުރުމަށްޓަކައި ޝޯޓްލިސްޓުކޮށްފައިވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ އެ ސަރަހައްދުގެ އިގްތިސާދަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައްޑޫގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ 100 ކިލޯމީޓަރުގެ މަގެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުނިމޭނެ ކަމަށާއި އެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދުވެސް ކޮށްގެން ނުވާނެ ކަމަށެވެ. އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ދިގުލައިގެން ދިޔަ ނަމަވެސް އެ މަސައްކަތް ރަނގަޅަށް ކުރިއަށްދާން ބޭނުންވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އައްޑޫގެ މަގުހެދުމުގެ މަޝްރޫޢުއަކީ އައްޑޫގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ރައީސް އައްޑޫ އަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތައް ފުއްދަވާދެއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގެ މަސައްކަތްތައް ދާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އައްޑޫގައި ހުރި މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ބިން ހިއްކުމަކީ މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ނިޒާރު ވަނީ އަންނަ ޖޫން މަހުގެ ކުރިން އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އައްޑޫ މަގު ހެދުމުގެ މަސައްކަތް ވެސް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނިޒާރު ވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ ދެންވެސް އެ ޕާޓީ ވެރިކަމަށް އައިސްގެން ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް