Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސީޓީ

އައްޑޫ ސިޓީއިން 500 ގޯތި ދޫކުރަން އިއުލާން ކޮށްފި

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ފޭދޫއާއި މީދޫ އަދި ހުޅުދޫއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ޖެނުއަރީ 2023 | އަންގާރަ 12:06
އައްޑޫ ސިޓީ، ފޭދޫ

އައްޑޫ ސިޓީ، ފޭދޫ

އައްޑޫ ސިޓީގެ ތިން އަވަށަކުން 500 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ ފޭދޫއާއި މީދޫ އަދި ހުޅުދޫން ދޫކުރާ ބަންޑާރަ ގޯއްޗަށެވެ. އެގޮތުން ހުޅުދޫ އާއި މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ފޭދޫ އިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 އިންސައްތަ ނުވަތަ 270 ގޯތި ހާއްސަވާނީ އެ އަވަށުގެ ރައްޔިތުންނަށެވެ. ބާކީ 30 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެއެވެ.

ހުޅުދޫއިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އެ އަވަށުގެ މީހުންނަށް ހާއްސަ ކޮށްފައިވާއިރު 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެއެވެ. އަދި މީދޫއިން ވެސް 90 ގޯތި އެ އަވަށުގެ ރައްޔިތުންނަށް ހާއްސަވާއިރު 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ.

އައްޑޫ ސިޓީއިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ.

އައްޑޫ އިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި އެ ސިޓީ އިން ގޯތި ދޫކުރާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށެވެ. އެގޮތުން، ގޯތި ލިބެން ޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޯތި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނުވަ މެމްބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވައިލާނެއެވެ. މި ކޮމިޓީގައި ހިމެނޭނީ ގޯތި ދޫކުރަން އިއުލާންކުރާ އަވަށެއްގެ ކައުނސިލަރަކު ހިމެނޭގޮތަށް ދެ ކައުންސިލަރުންނާއި ގޯތި ދޫކުރާ އަވަށެއްގެ އާއްމު ރައްޔިތުން ތަމްސީލު ކުރާ މެމްބަރަކާއި ކައުންސިލްގެ ޤާނޫނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކާއި މުއައްސަސާތައް ތަމްސީލު ކުރާ ދެ މެމްބަރުންނާއި ކައުންސިލްގެ ސެކްޝަންތަކުގެ ނުވަތަ އަވަށު އޮފީހުގެ މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ދެ މެމްބަރުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު