Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ތޮއްޑޫއިން އިތުރު 100 ގޯތި މިއަހަރު ދޫކުރާނެ: ރައީސް

23 ޖެނުއަރީ 2023 | ހޯމަ 12:36

އާބާދީއަށް ނުބަލައި ދިވެހި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއް ވެސް ތަރައްގީ ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖެނުއަރީ 2023 | ހޯމަ 12:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތޮއްޑޫގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތޮއްޑޫގައި

މިއަހަރު ތެރޭގައި އއ. ތޮއްޑޫއިން އިތުރު 100 ގޯތި ދޫކުރަން އިއުލާން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، މި ސަރުކާރުން އާބާދީއަށް ނުބަލައި ދިވެހި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއް ވެސް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރަށްރަށުގައި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތަކީ ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ބޭކާރު ހަރަދުތައް ކަމަށެވެ. ނަމަވެސް އެއީ ގާނޫނުން ސަރުކާރަށް ލާޒިމް ކުރާ ކަންކަން ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގުމުން ރައްޔިތުންނަށް ވެސް ހިތްހަމަޖެހުން ލިބި އެހެން ކަންކަމާ ވިސްނާ ފިކުރު ކުރުމަށް ފުރުސތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ދައުރު ނިމޭއިރު އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ވަކި ވަކި ފަރުދުންނަށް ވެސް ފައިދާވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ތޮއްޑޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުން މިހާރު ވެސް 100 ގޯތި ދޫކުރަން އިއުލާން ކޮށްފައިވާއިރު އެއަށްވުރެ ގިނަ ފަރާތްތަކުން އެ ގޯތިތަކަށް ކުރިމަތިލާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ދޫކުރަން ނިންމާފައިވާ 100 ގޯތި ދޫކުރުމަށްފަހު މިއަހަރު ތެރޭގައި އިތުރު 100 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރަށްރަށުގައި ކަންކަން ކުރަމުން އަންނަނީ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ އަޑު އަޑުއަހައިގެން ކަމަށެވެ. އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އެމަނިކުފާނާއެކު ނެތް ނަމަވެސް އެ ދާއިރާ ބާކީ ނުކުރައްވާނެ ކަމަށާއި ހުރިހާ ރަށަކަށް ވެސް ހަމަހަމަކަމާއެކު ތަރައްގީ ގެންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ރޭވުންތެރިކަމާއެކުގައެވެ. އެގޮތުން، މިހާތަނަށް ނިމިފައި ހުރި މަޝްރޫއުތަކުގެ ރިބަން ކަނޑަން ޖެހިއްޖެ ނަމަ ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަ ކުރައްވަން ޖެހޭނީ އެކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް