Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމާއި ހަރުކަށި ފިކުރު

ޓެރަރިޒަމްގެ ތުހުމަތުގައި ނާޒިމް ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ތަން ބަލައި ފާސްކުރި އޮފިސަރުންގެ ހެކިބަސް ނަގަން ފަށައިފި

ހެކިވެރިން ބުނާ ގޮތުގައި ފޯނު ހޯދީ އޭނާ ހުރި ކޮޓަރީގެ އެނދެއް މަތިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2023 | ހޯމަ 06:43
ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވުމަށްފަހު، ހެކިބަސް ނަގަން ފަށާފައެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ މި އަޑުއެހުމުގައި 2 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެ ދެ ހެކިވެރިންނަކީވެސް އޭރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ އޮފިސަރުންނެވެ. އެގޮތުން އެ ދެ ހެކިވެރިންނަކީ ނާޒިމް ދިރިއުޅުނު ތަން ބަލައި ފާސްކޮށް، އޭނާ ހައްޔަރު ކުރުމުގައި ޙަރަކާތްތެރިވި ޓީމުގައި ހިމެނޭ ދެ އޮފިސަރުންނެވެ.

އެ ހެކިވެރިންގެ ހެކިބަހަށް ބަލާއިރު، ނާޒިމް ހައްޔަރު ކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެންނެވެ. އެގޮތުން ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޓެރަރިޒަމްގެ އަމަލުތައް ރާވަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓަށް ލިބުމުން، އެ އޮފިސަރުން ވަނީ އިންޓެލިޖެންސް ރިޕޯޓު ކްރިމިނަލް ކޯޓަށް ހުށައަޅައި، ނާޒިމް ދިރިއުޅޭ ތަން ބަލައި ފާސް ކުރުމަށާއި އޭނާ ހައްޔަރު ކުރުމަށް ބޭނުންވާ ކޯޓު އަމުރުތައް ހޯދާފައެވެ.

އެގޮތުގެ މަތިން އޭނާ ހައްޔަރު ކޮށްފައިވަނީ 20 މެއި 2021 ގައި ހުޅުމާލޭގައި އޭރު އޭނާ ދިރިއުޅެމުންދިޔަ ތަނުންނެވެ. އެތަން ބަލައި ފާސްކުރިއިރު ފޯނަކާއި ޕެންޑްރައިވެއް ހޯދާފައިވާއިރު، އެއީ ނާޒިމްގެ ތަކެތިކަމަށް އެވަގުތު އޭނާ ބުނެފައިވާކަން ހެކިވެރިން ފާހަގަކުރިއެވެ.

ހެކިވެރިން ބުނާ ގޮތުގައި ފޯނު ހޯދީ އޭނާ ހުރި ކޮޓަރީގެ އެނދެއް މަތިންނެވެ. އަދި ޕެންޑްރައިވް ހޯދާފައިވަނީ އެ ކޮޓަރި ބަލައި ފާސްކުރިއިރު އަލަމާރި ތެރެއިން ނެގި ދަބަހެއްގެ ތެރެއިންނެވެ.

އެ ޕެންޑްރައިވުން އައިސިސް ޖަމާއަތަށް ތާއީދުކުރާކަމަށް ބެލެވޭފަދަ ލިޔެކިޔުންތަކެއް ފެނިފައިވާކަމަށް މި މައްސަލައިގެ ދައުވާ ހުށައެޅިއިރު ދައުލަތުންވެސް ބުނެފައިވެއެވެ.

ހެކިބަސް ދެމުން ހެކިވެރިން ބުނެފައިވަނީ އެތަކެތި ނެގުމަށްފަހު ނާޒިމްގެ ހާޒިރުގައި އެތަކެތި ސީލްކޮށްފައިވާނެ ކަމަށެވެ.

ހެކިވެރިންނާ ދިފާއުން ކުރި ސުވާލުތަކަށް ބަލާއިރު، މުޅި އެޕާޓްމަންޓު ބެލުމުގެ އަމުރެއް ނެރެގެން ގޮސް ހަމައެކަނި ނާޒިމް ދިރިއުޅޭ ކޮޓަރި ބަލައި ފާސް ކުރުމަށްފަހު ނިންމާލީ ކީއްވެތޯ ސުވާލު ކުރުމުން ހެކިވެރިއަކު ބުނެފައިވަނީ، އެ ކޮޓަރި ފިޔަވައި އެހެން ތަނެއްގައި ނާޒިމްގެ އެއްޗެއް ނުހުންނާނެ ކަމަށާއި، ނާޒިމްއަކީ ދަތުރުވަރެއްގައި އައިސްހުރި ފަރާތެއްކަމަށް އެ ގޭގައި އުޅޭ އޭނާގެ ދައްތަ ބުނެފައިވާ ކަމަށެވެ.

އަދި އެ ގޭގެ ދެން ހުރި ކޮޓަރީގައި ހުރީ ކުޑަކުދިންގެ ސާމާނު ކަމަށާއި، އެ ތަން ބަލައި ފާސް ނުކުރީ އެ ސަބަބާހުރެކަމަށް ހެކިވެރިޔާ ބުންޏެވެ.

އެހެންނަމަވެސް އެ ކަންކަމަށް ދިފާއީ ވަކީލު ހަމްޒާ ލަތީފް ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން ކުޑަކުދިންގެ ސާމާނު ހުންނަ ތަނެއްގައި ޓެރަރިޒަމާ ގުޅުންހުރި ހެއްކެއް ނުހުންނާނެކަމަށް ނިންމީ ކޮން އަސާސެއްގެ މައްޗަށްތޯއާއި، ގޭގައި އުޅޭ މީހަކު ދިން މައުލޫމާތެއްގެ މައްޗަށް އެކަނި ބަރޯސާވެ، އެހެން ތަނެއްގައި ނާޒިމްގެ އެއްޗެއް ނުހުންނާނެކަމަށް ނިންމީ ކޮން ގޮތަކުންތޯ ވަކީލު ސުވާލު ކުރެއްވިއެވެ.

މައިގަނޑު ގޮތެއްގައި ހެކިވެރިން ބުނެފައިވަނީ އެ ގެއަށް ދިޔައީ ނާޒިމްއާ ގުޅުންހުރި ހެކި ހޯދައި އޭނާ ހައްޔަރު ކުރުމަށް ކަމަށާއި، ޓީމުން ބަލައި ފާސް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާނީ އެގޮތުގެ މަތިން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 9 މާރޗު 2023 ގެ 09:30 ގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު