Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައިނާގެ ބޭންކަކުން ވައްކަންކުރުން

6 ލައްކަ ޑޮލަރު ވަގަށް ނެގި ބޭންކް މުވައްޒަފަކު އެހެން މީހަކަށް ހެދިގެން އުޅޭތާ 25 އަހަރު ފަހުން އަތުލައިގެންފި

22 ޖެނުއަރީ 2023 | އާދީއްތަ 20:26

ޗެން ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، އެކަމާ ހިތާމަކުރާކަމަށާއި، ނެގި ފައިސާ އަނބުރާ ދައްކާގޮތަށް ހުރިކަމަށް ބުނެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ޖެނުއަރީ 2023 | އާދީއްތަ 20:26
ޗައިނާގެ ބޭންކެއް

ޗައިނާގެ ބޭންކެއް

ޗައިނާގެ ބޭންކެއްގައި ޓެލަރެއްގެ ވަޒީފާގައި އުޅުނު އަންހެން މުވައްޒަފަކު، ބޭންކުން 6 ލައްކަ ޑޮލަރު ވަގަށް ނެގުމަށްފަހު އައިޑެންޓިޓީ ބަދަލުކޮށް އެހެން މީހަކަށް ހެދިގެން އުޅޭތާ 25 އަހަރުފަހުން އަތުލައިގަނެވިއްޖެއެވެ. މިކަން ހިނގާފައިވަނީ ޝެންގހާއީގެ ދެކުނުން 370 ކިލޯމީޓަރު ދުރުގައިވާ ސިޓީއެއްގައެވެ. އެތަނުގައި ހުންނަ ޗައިނާ ކޮންސްޓްރަކްޝަން ބޭންކްގައި މަސައްކަތްކުރި، ޗެން ނަމަކަށްކިޔާ އުމުރުން 26 އަހަރުގެ މި އަންހެންމީހާ ވަނީ 1997 ވަނަ އަހަރު 3.98 މިލިއަން ޔުއާން ބޭންކުން ވަގަށް ނަގާފައެވެ. އެއީ މިހާރުގެ މިންގަޑުން ބަލާނަމަ ގާތްގަޑަކަށް 6 ލައްކަ ޑޮލަރެވެ. ޗެން މިފައިސާ ވަގަށް ނަގާފައިވަނީ ބޭންކުގައި ހުރި ފައިސާއަށް އިންފްލޭޝަންގެ އަސަރު ކުރީ ކަމަށް ދައްކައި، ކަސްޓަމަރުންގެ އެކައުންޓުތަކުން ކަމަށް ވެއެވެ.

ފައިސާ ވަގަށް ނެގުމަށްފަހު ޗެން ވަނީ އޭނާގެ އޭރުގެ ފިރިމީހާއާއި އާއިލާއަށްވެސް ނޭނގި އެހެން ޕްރޮވިންސަކަށް ބަދަލުވެ، ޕްލާސްޓިކް ސަރޖަރީ ހަދައި، ތަފާތު ނަމެއްގައި އައިޑީ ކާޑެއް ހަދައި، އައު ހަޔާތެއް ފަށާފައެވެ. އަދި އެހެން މީހަކާ ކައިވެނިވެސް ކޮށް، ދަރިއަކު ހޯދައި، އަމިއްލަ ވިޔަފާރިއެއް ފަށާފައިވާކަމަށް ބްލޫމްބަރގް ރިޕޯޓެއްގައި ވެއެވެ.

1997 ވަނަ އަހަރު ޗެން ގެއްލިގެން އޭނާގެ ބައްޕަ ރިޕޯޓް ކުރި ހިސާބުން ފުލުހުން އަންނަނީ އޭނާ ހޯދަމުންނެވެ. އަދި ބޭންކުން ގެއްލުނު ފައިސާ ނަގާފައިވަނީ އޭނާކަންވެސް އެނގިފައި ވެއެވެ. އެހެނީ ފައިސާތައް ގިނަކަމުން ގޭތެރޭގެ އެތަންމިތަނުގައި ފޮރުވައި، އަދި ބައެއް ތިމާގެ މީހުންގެ އެކައުންޓް ތަކުގައިވެސް ފައިސާ ރައްކާކުރިކަން އެނގޭކަމަށް ޗެންގެ ބައްޕަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާތީއެވެ.

ޗެން އަތުލައިގަނެވުނު ގޮތުގެ ތަފްސީލް ޗައިނާ ފުލުހުން ހާމައެއްނުކުރެއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އޭނާ ހޯދިފައިވާކަމާއި، ހައްޔަރުކުރީ މިދިޔަ ހަފުތާގައި ކަމަށް ބުނެފައިވެއެވެ.

ހައްޔަރުކުރުމާއެކު ޗެންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާގެ އިތުރުން، ރަސްމީ ޑޮކިއުމަންޓް ފޯޖްކުރި ކަމުގެ ދައުވާއާއި، އަދި މީހަކާއިނދެގެން ހުރެ އެހެން މީހަކާ އިނދެފައިވާތީ އެކަމުގެ ދައުވާވެސް ކޮށްފައެވެ.

ވީޗެޓް ޕޯޓެއްގައި އެސިޓީގެ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ޗެން ވަނީ އޭނާގެ ކުށަށް އިއުތިރާފްވެފައެވެ. އަދި އެކަމާ ހިތާމަކުރާކަމަށާއި، ނެގި ފައިސާ އަނބުރާ ދައްކާގޮތަށް ހުރިކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

06 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި
21 ޖޫން 2017

ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ

21 ޖޫން 2017
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
27 މެއި 2017

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު
16 މެއި 2017

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
28 މާރިޗު 2017

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް