Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެޑިސަން ޖޫރިމަނާކުރުން

އީއައިއޭ ފުރިހަމަ ނުކޮށް ރެޑިސަން ބްލޫ މޯލްޑިވްސްގެ ބަނދަރުގެ މަސައްކަތް ފެށުމުން ޖޫރިމަނާކޮށްފި

28،469،525 ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖެނުއަރީ 2023 | އާދީއްތަ 12:23
ރެޑިސަން ބްލޫ ރިސޯޓް

ރެޑިސަން ބްލޫ ރިސޯޓް

އީއައިއޭ ފުރިހަމަ ނުކޮށް ރެޑިސަން ބްލޫ މޯލްޑިވްސްގެ ބަނދަރުގެ މަސައްކަތް ފެށުމުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ, ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން، އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް)ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަވުމާ ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބަލާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެ އެޖެންސީއަށް ހިއްސާކޮށްދިނުމަށް އެދިފައިވުމާގުޅިގެން، 28 ނޮވެމްބަރު 2022ގައި އެފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި، ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމްކޮށްފައިވާކަމަށެވެ.

އަދި މި މަސައްކަތުގައި ނެގުނު ވެލިތައް، އަލަށް ގާއިމްކުރެވުނު ބަނދަރާ އިންވެގެން ބަނދަރުގެ ކީ ވޯލްގެ ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، ހުރުއެޅި ބަނދަރުގެ މަސައްކަތްތައް 15 ޖުލައި 2022ގައި ފަށައި، 30 ސެޕްޓެމްބަރު 2022ގައި ނިންމާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށް ބުނެފައިވެއެވެ.

އީޕީއޭއިން ބުނެފައިވަނީ ހުރުއެޅި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހުރުއެޅި ބަނދަރުގެ މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިއުމާ ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދު 2012ގެ ދަށުން 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 28،469،525 ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާގެ ޖުމްލަ ފައިސާގެ އަދަދު، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 19 ވަނަ ދުވަހު ހުރުއެޅި އިންސްވެޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު