Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޭޕްގެ ކުށްތައް

ކުޑަކުއްޖަކު ރޭޕްކޮށް އެކުއްޖާގެ ބަރަހަނާ މަންޒަރު ނެގި މީހަކު 40 އަހަރަށް ޖަލަށް

19 ޖެނުއަރީ 2023 | ބުރާސްފަތި 06:21

މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 05 ފެބްރުވަރީ 2018 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2023 | ބުރާސްފަތި 06:21
ރޭޕްގެ މައްސަލަތައް

ރޭޕްގެ މައްސަލަތައް

ލ. އަތޮޅުގެ ރަށެއްގައި ހިނގާދިޔަ ޙާދިސާއަކާއި ގުޅިގެން މުޙައްމަދު ޝަޒްލީފް ކިޔާ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 18 ޖަނަވަރީ 2022 ދުވަހު ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

މި ޙާދިސާ ހިނގީ 06 ޖަނަވަރީ 2018 ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ. ޙާދިސާ ހިނގާފައިވަނީ ރަށެއްގެ ވަލު ތެރޭގައެވެ.

Advertisement - newsAdvertisement

ދަޢުވާގެ ކުރު ޚުލާޞާއެއް ޕީޖީ އޮފީހުން ހިއްސާ ކޮށްފައިވާއިރު، ޕީޖީ އޮފީހުން ބުނީ، އަނިޔާލިބުނު ޢުމުރުން 17 އަހަރުގެ ކުއްޖާ ޙާދިސާ ހިނގި ތަނަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ދައުވާ ކޯޓަށް ހުށައަޅާފައިވަނީ 05 ފެބްރުވަރީ 2018 ގައެވެ.

އޭނާގެ މައްޗަށް ކުރާ ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ޤާނޫނު ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އޭގެ އިތުރުން، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އެކު ޖުމްލަ 40 (ސާޅީސް) އަހަރަށް ޖަލަށްލުމަށް، އަދި އެ މުއްދަތުން ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރުމަށް އަދަބު ކަނޑައަޅައި ވަނީ މި މައްސަލައިގައި ޙުކުމް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

10 މެއި 2017

ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން

10 މެއި 2017
ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
19 އެޕްރީލު 2017

ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ

19 އެޕްރީލު 2017
ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ
01 އެޕްރީލު 2017

ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން

01 އެޕްރީލު 2017
ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން
29 މާރިޗު 2017

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް