Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުން

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށާނީ 20 ޖެނުއަރީގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2023 | ބުދަ 07:12
ތިމާވެއްޓާ ރައްޓެހި އީވީ ބަސް

ތިމާވެއްޓާ ރައްޓެހި އީވީ ބަސް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ބަހުގެ ޚިދުމަތް ވިލިމާލޭގައި ފަށަން ތައްޔާރުވަމުން އަންނަކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާން ކުރުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަން އެމްޓީސީސީން އާއްމު ކުރީ އަންގާރަ ދުވަހުއެވެ. އެގޮތުން، މި މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement - newsAdvertisement

އެ ކުންފުނިން މިކަން އިއުލާން ކުރުމާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަރުވަން ވިލިމާލެ ރައޔްިތުން ބޭނުން ނުވާ ކަމަށެވެ. އަދި ކައުންސިލުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބަގީގެ ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވެ ނިމިފައި އޮއްވާ ސަރުކާރުން އެފަދަ ކަމެއް ކުރުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި އަދި ނާތަހުޒީބު އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ޓްވީޓް ކުރެއްވީ ވިލިމާލޭގައި ފެބްރުއަރީ މަހު ބަގީގެ ޚިދުމަތް ދޭން ފަށަން ނިންމައި ފަހުގެ ތައްޔާރިޓަކުގެ ތެރެއިން ބަގީތައް މާލެ ގެނެސްފައިވާ ކަމަށް ބުނެފައިވަނިކޮށް އެމްޓީސީސީން ބަހުގެ ޚިދުމަތް ފަށާ ވާހަކަ އިއުލާންކުރުމާ ގުޅިގެންނެވެ. ނަމަވެސް އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިއީ ރައްޔިތުން ބޭނުންވެފައިވާ ޚިދުމަތެކެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ދޭއިރު ވިލިމާލެ ވަކިން އޮތް ނަމަވެސް އެތަނުގައި ވެސް އެ ޚިދުމަތް ދިނުން މުހިންމު ކަމަށް އެ ކުންފުނިން ދެކެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށަން އުޅޭކަން މިހާތަނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އެ ކުންފުނިން ބަހުގެ ޚިދުމަތް ފަށަން ތައްޔާރުވީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް އަދި އެމްޓީސީސީއަށް ވެސް އެ ހުށަހެޅުންތައް ލިބިފައިވާތީ ކަމަށާއި ސަރުކާރުން އެކަން ފެށުމަށް ނިންމުމާއެކު އެމްޓީސީސީން ތައްޔާރީތައް ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ބޭނުންފުޅުވަނީ ވިލިމާލޭގެ ރައްޔިތުން އެތައް ދުވަސްތަކެއް ވަންދެން އެދެމުން އައި މިކަމަށް ނިމުމެއް ގެނައުން ކަމަށާއި އެހެންކަމުން އަންނަ ހުކުރު ދުވަހުން ފެށިގެން އެ އިންތިޒާރަށް ނިމުމެއް ގެނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މި ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް މިހާރު ވިލިމާލެއަށް ގެންދިއުމުގެ މަސައްކަތާއި ޚިދުމަތް ފެށުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ ގުޅިގެން މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމުން މާލެ ސިޓީ ކައުންސިލާއި މޭޔަރުގެ އެއްބާރުލުން އެ ކުންފުންޏަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ބަސްތަކެވެ. މިއީ ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ދުއްވާ ތަނަކަށްވާތީ ނިންމެވި ނިންމެވުމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހުންނާނެއެވެ. އަދި، 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް އޮންނާނެއެވެ. އެހެންކަމުން ޖުމްލަ އެއްފަހަރާ 15 މީހުންނަށް ބަހެއްގައި ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީން ފަށަން އުޅޭ ބަހުގެ ޚިދުމަތާމެދު މޭޔަރު ނުރުހުން ފާޅު ކުރައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން، އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލެ ރައްޔިތުން އެދެނީ އިތުބާރު ކުރެވޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ކަމަށާއި އެކަން އާރުޓީއެލް ބަހުގެ ޚިދުމަތާއެކު ލިބިގެންދާނެ ކަމަށެވެ. އަދި އެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު