Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ވަޒީފާ

ފުލުހުންގެ ޚިދުމަތަށް އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރެއް ހޯދަނީ

ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2023 | ބުދަ 05:19
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

ދިވެހި ފުލުހުންގެ ޚިދުމަތަށް އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރެއް ހޯދަން އިއުލާނުކޮށްފިއެވެ.

ބުދަ ދުވަހު ފުލުހުން ކުރި އިއުލާނެއްގައި މި މަޤާމަށް އޮފިސަރަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅުން ޤާއިމްކޮށްފައިވާ ބޭރުގެ އިދާރާތަކާއިއެކު މުޢާމަލާތްކުރުމާއި، ރާއްޖެއިން ބޭރުގެ އިދާރާތަކާއި ގުޅިގެން ހިންގާ ޖޮއިންޓް އޮޕަރޭޝަންތަކުގައި ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަސައްކަތްކުރުމެވެ.

Advertisement - newsAdvertisement

މި މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ކްރިމިނޮލޮޖީ، ސޯޝަލް ސައިންސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާޞިލްކޮށްފައިވުން ހިމެނެއެވެ.

އަދި ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލްކަން އިންޓަރވިއުގައި ނުވަތަ ދެވޭ ޓެސްޓަކުން ސާބިތުކޮށްދިނުމާއި، މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުންވެސް ޝަރުތު ކޮށްފައިވެއެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ 7000 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 2700 ރުފިޔާ ލިބޭއިރު، ނޮން-ޕްރެކްޓިސް އެލަވަންސް ގޮތުގައި (އަސާސީ މުސާރައިގެ %35) އަށް ވާ 2450 ރުފިޔާ) ލިބެއެވެ.

އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60) ނުވަތަ 4200 ރުފިޔާ ހޯދެއެވެ.

އޭގެ އިތުރުން، ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް ގޮތުގައި (އަސާސީ މުސާރައިގެ -/1،050 ރުފިޔާ އަދި ފުޑް އެލަވަންސް ގޮތުގައި ދުވާލަކަށް -/160 ރުފިޔާ ލިބެއެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

އަދި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު، ޕޮލިގްރަފީ ޓެސްޓް، ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމާއި، އަދި ދެވޭ މެޑިކަލް އެގްޒަމިނޭޝަންއިން ފާސްވުންވެސް ހިމެނެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު