Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިހަވަންދޫ ދަތުރުފުޅު

އިޤްތިސާދީ ބޮޑު ދައްޗެއް ނެތި ކޮވިޑުގައި ހޯދި ކާމިޔާބީތައް ބައެއް ފަރާތްތަކުން މިއަދު ހަނދާން ނައްތާލައިފި: ރައީސް

އެމްޑީޕީ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2023 | އަންގާރަ 08:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅު

ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައިވެސް އިޤްތިސާދީ ބޮޑު ދަތިތަކެއް ނެތި، ކޮވިޑުގައި ހޯދުނު ކާމިޔާބީތައް ބައެއް ފަރާތްތަކުން މިއަދު ހަނދާން ނައްތާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިޔަށް އޮތީ އެމްޑީޕީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކަމަށާއި، މި ޕްރައިމަރީގައި ގޮތެއް ނިންމާއިރު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ވެސް އެމަނިކުފާނު ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން ގިނަ ވައުދުތަކުގެ މަސައްކަތް ފެށިފައިވާއިރު، އަނެއްބައި ކަންކަން ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭރު ސަރުކާރުން މަސައްކަތް ކުރަމުން އައީ ދައުރުގެ ފަހު އަހަރު އަންނައިރު، ނުފެށި ވާ އެއްވެސް މަސައްކަތެއް ނުބޭއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑުގެ އާލަމީ ވަބާއާއެކު އެކަމުގައި ހުރަސްތަކެއް އައިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ބައެއް ކަންކަން ބަޖެޓުގެ ތެރެއިން މަޑުޖައްސާލަން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

އެ ވިސްނުމާއެކު ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާވެސް މިއަދު ފެންނަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އަވައްޓެރި އެހެނިހެން ޤައުމުތަކަށް ދިމާވި ފަދަ އިޤްތިސާދީ ބޮޑު ދަތިތަކެއް ނެތި، ކޮވިޑުގައި ހޯދުނު ކާމިޔާބީތައް ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން މިއަދު އެކަންކަން ހަނދާނުގައި ނެތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ތަފާތު އެކި ގޮތްގޮތަށް އެކަމުގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން އެބަގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މި ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައިވެސް މީގެ ކުރިން ސަރުކާރަކުން ނުކުރާ މިންވަރަށް މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިހަވަންދޫއަށް އެކަނި ބަލާލި ނަމަވެސް، 2022 ވަނަ އަހަރު ނިމުނުއިރު 129.7 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެ ދާއިރާގެ ދެން އޮތް 2 ރަށް ކަމަށްވާ މާރަންދޫއާއި މޮޅަދޫއަށް ބަލާއިރު، މާރަންދޫއަށް 34 މިލިއަން ރުފިޔާ އަދި، މޮޅަދޫއަށް 49 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހައްތަހާވެސް އެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައި، ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދެވިފައިވާ މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު