Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމަކަށް - ހަމީދު

މުޖްތަމައުއަށް ތައާރަފްވަމުން އަންނަ ކުށްތަކާއި، ޕަބްލިކް ސޭފްޓީ ސިސްޓަމް، ދިވެހި ދައުލަތުގެ ތެރޭގައި ގާއިމްވެ ހަމަޖެހިފައި އޮންނަގޮތަށް އަންނަން ޖެހޭ ބަދަލުތައް ފާހަގަކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖެނުއަރީ 2023 | އަންގާރަ 07:38
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

މާޗް މަހުގެ 18ން 20ށް ބާއްވާ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމަކަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތް ދިވެހި ދައުލަތުގެ ތެރޭގައި ހިނގަމުންދާތާ 90 އަހަރު ފުރިގެންދާއިރު އަދި މަދަނީ މުއައްސަސާއެއްގެ ގޮތުގައި މިއަހަރު 19 އަހަރު ފުރިގެންދާއިރު، ފުލުހުންގެ މަސައްކަތް އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެއިރެއްގެ ހާލަތާއި އެއިރެއްގެ ނިޒާމުގެ ތެރެއިން އައު ޗެޕްޓަރަކަށް ވަދެވިގެންދާނީ، ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ރިސަރޗްއަށް ބިނާކޮށްގެން ކަމަށެވެ.

Advertisement - newsAdvertisement

އަދި ފުލުހުން ހިންގާ ކޮންމެ ހަރަކާތެއް، އެންމެ ރަނގަޅަށް އެ ހަރަކާތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނީ ކިހިނެއް ހަދައިގެންތޯ ބަލާ ހެކި ހޯދައިގެން، ހެއްކަށް ރިއާޔަތްކޮށް މަސައްކަތް ކޮށްގެންކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތާއި ދޭތެރޭގައި ކޮންމެ ދުވަހަކު ސްކުރުޓިނީ އޮންނަކަމުންނާއި އަދި ފުލުހުންނަކީ ފުޅާކޮށް ޖަވާބުދާރީވާންޖެހޭ މުއައްސަސާއެއް ކަމަށާއި، މިކަންކަން ތަރުތީބުވެގެން އަންނަ އިރު މިކަމަކީ މުޅި ޕްރޮފެޝަން އަދި މުއައްސަސާއަށް ލިބިގެންދާނެ ތަރައްގީ އަދި ކުރިއެރުން ކަމަށެވެ.

އޭނާ ވިދާޅުވީ މުޖްތަމައުއަށް ތައާރަފްވަމުން އަންނަ ކުށްތަކާއި، ޕަބްލިކް ސޭފްޓީ ސިސްޓަމް، ދިވެހި ދައުލަތުގެ ތެރޭގައި ގާއިމްވެ ހަމަޖެހިފައި އޮންނަގޮތަށް އަންނަން ޖެހޭ ބަދަލުތައް ފާހަގަކުރެވޭ ކަމަށެވެ.

ކޮމިޝަނަރު ހަމީދު ވިދާޅުވީ ކުށްމަދުކުރުމާއި ރައްކާތެރިވުމުގައި އެންމެ ފަހުގެ ގޮތްތަކަކީ ކޮބައިތޯ އަދި މިހާރަށްވުރެ ބޮޑަށް ހުރިހާ ފަރާތްތަކެއްގެ ހޭލުންތެރިކަން އިތުރުކޮށްގެން މަސައްކަތްތަކެއް ކުރައްވަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު