Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލަށް ބަދަލުތަކެއް އަންނާނެ، އެކަމަކު އިސްތިއުފާއެއް ނުދޭނަން: ކްލޮޕް

ކްލޮޕް ބުނީ އޭނާ އަށް ދެވޭނެ ޔަޤީންކަމަކީ، މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަން ފެންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2023 | އަންގާރަ 06:15
ލެސްޓާ ސިޓީ އަތުން ބަލިވި މެޗަށްފަހު ކްލޮޕް

ލެސްޓާ ސިޓީ އަތުން ބަލިވި މެޗަށްފަހު ކްލޮޕް

ލިވަޕޫލަށް ބަދަލުތަނެއް އަތުވެދާނެ ކަމަށާއި، ނަމަވެސް ކޯޗުކަމުގެ މަޤާމު އިސްތިއުފާ ނުދޭނެ ކަމަށް ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވުމުން، ވުލްވްސްގެ ދަނޑުގައި ރިޕްލޭ މެޗެއް ކުޅެން ޖެހޭނެ އެވެ. އެ މެޗު އޮތީ އަންގާރަ ދުވަހުގެ ރޭ އެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އޭނާ ހުރީ ލިވަޕޫލްގައި އެ ޓީމުގެ ކުޅުންތެރިންނާއެކު ކަމަށާއި، ކުޅުންތެރިން އޭނާ ދައްކާ ވާހަކަ އަޑު އަހާ ކަމަށެވެ.

މި ސީޒަންގައި ލިވަޕޫލްގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމުގެ ސަބަބުން ބޭރުގެ މީޑިއާތަކުގައި އަންނަނީ ކްލޮޕްގެ ކުރިމަގާމެދު ސުވާލު ވެސް އުފައްދަމުންނެވެ.

ކްލޮޕް ބުނީ ކުޅުން ދައްވުމަކީ އޭނާ ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އޭނާ އަށް އަޑުއިވޭ ވާހަކަތަކާއި، މީހުން އޭނާ ގާތު ދައްކާ ވާހަކަ ތަފާތުވާނެ ކަމަށެވެ. އެކަން ފާހަގަކޮށް ކްލޮޕް ބުނީ އޭނާ ޓީމު ދޫކޮށް ނުލާނެ ކަމަށާއި، އޭގެ މާނައަކީ އެހެނިހެން ބައެެއް ކަންކަން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ. އެގޮތުން އެކަންކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށާއި، ނަމަވެސް އެއީ މުސްތަޤުބަލަށް ކުރަން ޖެހޭ ކަމެއް ކަމައްގެ އިތުރުން، އެކަންކަމާދު ވިސްނަން ވަގުތު ލިބޭނެ ކަމަށެވެ. ލިވަޕޫލްގެ ކުޅުމާމެދު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ޓީމުގެ ކުޅުން ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހޭ ކަމަށާއި، އަންނަ ސީޒަނުގައި އެ މައްސަލަތައް އޮވެގެން ނުވާނެ ކަމަށެވެ. އޭނާ ބުނީ މިއީ ވަރަށް ދިގު ދަތުރެއް ކަމަށާއި، މާދަމާ ލިވަޕޫލް އުހަށް އަރައިގެންދާނެ ކަމުގެ ޔަޤީންކަން ނުދެވޭނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ދެވޭނެ ޔަޤީންކަމަކީ، މަސައްކަތް ކުރާނެ ކަމަށާއި އަދި އެންމެނަށް އެކަން ފެންނަން ވެސް ފެންނާނެ ކަމަށެވެ.

އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން ބަލިވުމުގެ ނުތަނަވަސްކަމާއެކު އެވެ. ލިވަޕޫލާއި ވުލްވްސް ވާދަކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12:45 ގައެވެ.

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2018

ޕްރިމިއާ ލީގު: ވޮލްވްސް ބަލިކޮށް ލިވަޕޫލަށް ހަތަރު ޕޮއިންޓްގެ ލީޑެއް

22 ޑިސެމްބަރު 2018
ޕްރިމިއާ ލީގު: ވޮލްވްސް ބަލިކޮށް ލިވަޕޫލަށް ހަތަރު ޕޮއިންޓްގެ ލީޑެއް
08 ޑިސެމްބަރު 2018

ޕްރިމިއާ ލީގު: ސަލާހްގެ ހެޓްރިކާއެކު ބޯންމައުތް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް

08 ޑިސެމްބަރު 2018
ޕްރިމިއާ ލީގު: ސަލާހްގެ ހެޓްރިކާއެކު ބޯންމައުތް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް
29 ނޮވެމްބަރު 2018

ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް އިތުރު އުނދަގުލެއް

29 ނޮވެމްބަރު 2018
ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް އިތުރު އުނދަގުލެއް
24 މާރިޗު 2018

ޕީއެސްޖީ އިން ބޮޑު ބަދަލުތަކެއް ފެނިގެންދާނެ: ޑިމަރިއާ

24 މާރިޗު 2018
ޕީއެސްޖީ އިން ބޮޑު ބަދަލުތަކެއް ފެނިގެންދާނެ: ޑިމަރިއާ
02 އޮކްޓޯބަރު 2017

އާސެނަލް މޮޅުވިއިރު އެއްވަރުވެ ލިވަޕޫލަށް ނުތަނަވަސްކަން

02 އޮކްޓޯބަރު 2017
އާސެނަލް މޮޅުވިއިރު އެއްވަރުވެ ލިވަޕޫލަށް ނުތަނަވަސްކަން
14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު