Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ސުޕަރނެޓު

އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބިލެތްފަހީގައި ތައާރަފުކޮށްފި

ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ ލިބޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޖެނުއަރީ 2023 | އަންގާރަ 02:21
އުރީދޫ

އުރީދޫ

100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. ބިލެތްފަހީގައި ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި ބިލެތްފަހީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ ލިބޭނެ ކަމަށެވެ. އެގޮތުން 500 ރުފިޔާއިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް 100 އިންސައްތަ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ 31 މަރޗް 2023 ގެ ނިޔަލަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ބިލެތްފަހީގެ ރައްޔިތުންނަށް ފައިބަރ ސުޕަރނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބިިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި ފައިބަރ ސުޕަރނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތަކެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އެ ކުންފުނީގެ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު